ވެކްސިން ޖެހުމުގެ ސަބަބުން މީހުން މަރުވާކަމަށް ބުނެ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ހައްޔަރުކުރަން ފިލިޕީންސްގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

ބިލް ގޭޓްސް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަނބިމީހާ މެލިންޑާ ގޭޓްސްގެ ޖަމިއްޔާ ކަމަށްވާ މެލިންޑާ، ގޭޓްސް ފައުންޑޭޝަނުން ފިލިޕީންސްގައި ހިންގި ވެކްސިން ޕްރޮގްރާމްތަކަށް ފަހު ގޮތް ނޭނގޭ ގޮތައް ކުއްލިއަކަށް މީހުން މަރުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ބިލް ގޭޓްސްގެ ޖަމިއްޔާ އިން ހިންގި ވެކްސިން ޕްރޮގްރާމާއި ދެކޮޅަށް މީގެ ކުރިން ވެސް ފިލިޕީންސްގެ ސަރުކާރުން ފިޔަވަޅު އަޅާފައި ވެއެވެ. 2016 ވަނަ އަހަރުން ފެށިގެން ބިލް ގޭޓްސް ފިލިޕީންސަށް އެތެރެ ވުން ވެސް އެގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ބިލް ގޭޓްސް ހައްޔަރު ކުރުމަށް ފިލިޕީންސް ސަރުކާރުން ވަނީ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެދިނުމަށް ވެސް އެދިފައެވެ. ނަމަވެސް އިންޓަޕޯލް އިން އަދި މިހާތަނަށް އެފަދަ ނޯޓިސް އެއް ނެރެފައެއް ނުވެއެވެ.

ބިލް ގޭޓްސްގެ މައްޗަށް ތުހުމަތުކޮށް ތަހްގީގު ކުރާ މައްސަލަ އަކީ ފިލިޕީންސްގެ ގާނޫނުތައް ބުނާ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ މައްސަލަ އެކެވެ. ނަމަވެސް ބިލް ގޭޓްސް ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަކީ ފިލިޕީންސްގެ ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ބިލް ގޭޓްސް އާއި މެލިންޑާގެ ފައުންޑޭޝަނަކީ އެފްރިކާ ބައްރާއި އަދި އޭޝިއާގެ ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް އެންމެ ގިނަ މަސައްކަތް ކުރާ އެއް ޖަމިއްޔާ އެވެ. އެޖަމިއްޔާގެ މަސައްކަތުން ވަރަށް ގިނަ ބަޔަކު ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރެވިފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޫސްނޫސް

    ކޮބާ ރާއްޖޭގެ އެޗްޕީއޭ މައިމޫނާ ނަޒްލާ އަދި ޑރ. މުހައްމަދު އަލީ. މި މީހުން އުޅެނީ ބިލް ގޭޓްސް ގެ ސަހާބީއަކަށް ވާން ދޮއްތޯ.

    30
  2. ރެފްރީ

    ޔޫރަޕުގަގިނަމީހުންވެސް ކޮވިޑް ވެކްސިނާދެކޮޅު. މޮޅެތި ޑޮކްޓަރުންނާއި ޕުރޮފެރަރުންވެސް އަދި ތަންދޮރުދަންނަ މިލިއަނުންމީހުުންދެކޮޅުހަދާ. އެކަމަކު މަފަކީރު މިހުންނަނީއެކައްޗެއްވެސްނޭގިފަ. ސަބަބެއްކަމަށްވެދާނެ އަހަންނަށް އެއްވެސްއެއްޗެނޭގޭތީކަމަށްވެސް ؟؟

    14
  3. Anonymous

    ކޮވިޑް ވެކްސިނަކީ ދުނިޔެއިން މީހުންގެ ޢަދަދު މަދުކުރަންވެގެން ހިންގި ޖަރީމާއެއް. މިކަން ވަނީ ފަޅާއަރާފަ.

    17
  4. ޖުހާ.

    ދައްޖާލުގެ ދަޢުވަތަށް އިޖާބަނުދީފިނަމަ އެމީހަކަށް ދުނިޔޭގައި ދިރިއުޅެން އުނދަގޫވާނެ. މިއޮތީ އެދުވަސް އައިސްފަ.

    12
  5. އެޑިށަން

    އަފުޒަލް، ދެ ނަޒުލާ، އަލީލަތީފު، މައިމޫނާ، މިލިސްޓަށް އިތުރުކުރޭ