ކައިލީ ޖެނައަކީ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ކީޕިން އަޕް ވިތް ކަޑާޝަންސް" އިން އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ފަންނާނަކަށް ވާއިރު އޭނާ އަކީ އެންމެ ހަގު ބިލިއަނަރު ވެސް މެއެވެ. އޭނާ އަކީ އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް ގެންގުޅޭ ކުޅަދާނަ ވިޔަފާރިވެރިއެކެވެ.

ނަމަވެސް ކައިލީ އަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ އޭނާގެ ސިފައިގެ ސަބަބުންނެވެ. ކުޑަ އިރުއްސުރެން ފެށިގެން ކައިލީ ކީޕިން އަޕް ވިތް ކަޑާޝަންސް އިން އާއްމުންނަށް ފެންނަމުން އައި އިރު އޭނާ ހުންނަނީ ވަރަށް ކުޑަކުޑަ ތުންފަތެއްކަން އެ ޝޯ ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ކަޑާޝަން އާއިލާއަކީ ޕްލާސްޓިކް ސަރޖަރީއަށް ވަރަށް ލޯބިކުރާ ބަޔަކަށް ވާއިރު ކައިލީ އަށް ވެސް ޕްލާސްޓިކް ސަރޖަރީގެ ތުހުމަތު ކުރެވެއެވެ. އޭނާ ވަނީ އިންޓަރވިއުއެއްގައި އޭނާގެ ތުންފަތަށް ލިޕް އިންޖެކްޝަން ޖަހާފައިވާކަމަށް އެއްބަސްވެފައެވެ.

އޭނާ ވަނީ އޭނާ އަށް އެއް ދުވަސްކޮޅެއްގައި ތުންފަތް މާބޮޑުކޮށްގެން އުޅެވުނު ކަމަށާއި އެއީ ރީތިވާން ކުރެވުނު އެންމެ ބޮޑު ކުށް ކަމަށް ބުނެފައެވެ.

ކައިލީ ސްކޫލް ނިމުނުތަނާހެން އޭނާ ޕްލާސްޓިކްސް ސަރޖަރީ ހެދިކަމުގެ ވާހަކަ އަޑު އިވުނެވެ. އެކަމަށް ޖަވާބު ދެމުން ކައިލީ ބުނީ އޭނާގެ ތުންފަތުގެ ވާހަކަ މީހުން ދައްކާ ވަރުން ފޫހިވާ ކަމަށާއި އެއަށް ވުރެ މުހިންމު ވާހަކައެއް ދެން ދައްކަން ނެތީބާ އޭ ހިތަށް އަރާ ކަމަށެވެ.

ސްކޫލް ނިމުނު ގޮތަށް ޕްލާސްޓިކް ސަރޖަރީ ހެދިކަމަށް ބުނާ ވާހަކަ ކައިލީ ދޮގުކުރެއެވެ. އޭނާގެ ތުންފަތް ބޮޑީ ވަގުތީގޮތުން ޖަހާފައިވާ ލިޕް ފިލަރސް ތަކަކުން ކަމަށާއި ތުންފަތް ކުޑަވުމުން ހުތުރުކަމަށް އިހުސާސްކުރެވޭތީ އެ ބަދަލު ގެންނަން ނިންމީ ކަމަށް ވެސް ކައިލީ ބުނެއެވެ.

އަދި ކައިލީ މޭކަޕް ކުރާ އިރު އޭނާގެ ތުންފަތުގައި ވަރަށް ބޮޑުކޮށް ލިޕް ލައިނަރ އަޅާފައި ހުރުމުން އޭނާގެ ތުންފަތް އިތުރަށް ބޮޑުކޮށް ދައްކަނީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަރީ

    ތިރީ ތުންފަތުގެ ވާހަކަ ތޯ؟

    14
    3
  2. ހަގީގަތް

    މަލެއްހެން ފޮޅިފައިން ތުންފަތެއް

    9
    4
  3. ބުއްޅަބޭ

    މިރޭ ދެވަނަ ކަމެއް ނުކުރާނަން. ޢުނދަގޫކޮށްލާނަން

    7
    7
  4. އަންނި

    ކައިލީގެ ލިޕުސް އަކީ ބަލާލަން އެތްމެރީތި ވަރަށް ބޯލ....ބޭނުންވާ ލިޕުސް އެއް.

    4
    5
  5. ނޭފަތް

    ތުންފަތް ހީވަނީ ތުތި މަހެއްހެން...