އައިޝްވާރިޔާ ރާއި ބައްޗަން އަކީ މުޅި ދުނިޔޭގައި ވެސް ފާހަަގަކޮށްލެވޭ ފެންވަރުގެ ރީތި އަންހެނެއްކަމީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އޭނާގެ އާދަޔާ ޚިލާފު ރީތި ލޮލާއި ހިނިތުންވުމާއި އިސްތަށިގަނޑަށް ބެލިއަސް ހައްތަހާވެސް ރީތި ސިފަަތަކެވެ.

މީގެ ކުރިން މިސްވޯލްޑްގެ މަޤާމް ހޯދާފައިވާ އައިޝްވާރިޔާ އަކީ ބޮލީވުޑާއި ހޮލީވުޑުންވެސް ފެނުނު ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ރީތިކަން އެތައް ފިލްމަކުން ފެނިގެން ދިޔަ އިރު، އޭނާގެ އާއްމު ނުވާ ފޮޓޯއެއް ފިލްމް ފެއަރ ކިޔާ ޕޭޖަކުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ. އެއާައި އެކު އައިޝްވާރިޔާގެ އެ ފޮޓޯ އަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

ކުރީގެ ފޮޓޯ ޝޫޓަކަށް ނަގާފައިވަ އެ ފޮޓޯއަކީ އައިޝްވާރިޔާގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. އެ ފޮޓޯ އަށް ކޮމެންޓް ކުރި އެންމެންހެން ވަނީ އައިޝްވާރިޔާގެ ރީތިކަމުގެ ވާހަކަ ފާހަގަކޮށްފައެވެ. އަދި އައިޝްވާރިޔާ ލިޕްފިލާ ބޭނުންކޮށް ތުންފަތްބޮޑު ކުރިކަމާއި މޫނު ރީތިކޮށް ހަންގަނޑު އަލިކުރަން ސަރޖަރީއެއް ހަދާފައިވާކަމަށް ވާހަކަދެކެވޭތީ، އޭނާ ސަރޖަރީ ހެދުމުގެ ކުރިން މާ ރީތިކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.

އައިޝްވާރިޔާ އަކީ މީސްމީޑިއާގައި ވެސް އެތައް ފޮލޯވަރުންނެއް ތިބި މީހަކަށް ވާއިރު މި ފޮޓޯ ކުރިން އެހާ ބޮޑަށް އާއްމު ނުވީ ކީއްވެގެންތޯވެސް އެތައް ބަަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ބެލެވޭގޮތުން މިއީ ކުރިން ޕަބްލިޝް ނުކުރާ ފޮޓޯތަކެކެވެ.

އައިޝްވާރިޔާއަކީ އެއްއިރެއްގައި މުޅި އިންޑިއާގައި ވެސް ފާހަގަކުރެވުނު އެންމެ މަގްބޫލް އެއް މޫނެވެ. އަދި މިހާރުވެސް އޭނާ އަކީ ތަފާތު މޭކަޕް އާއި ގަހަނާގެ ބްރޭންޑްތަކަށް އޭނާ ދަނީ މޮޑެލްކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިދަ ދަނޑި

    ކޮންމެހެން ބަލަން ޖެހޭތަ؟؟ އޭނަގެ ފޮޓޯ އަލްބަމް ހާވާނީ އަމީތާބެއްނު.. އަހަރެމެނަކާ ކޮންކަމެއް

    23
    1
  2. ޕިސް

    🤦‍♀️

    3
    1
  3. އެއްކަލަ ގޮލާ

    ވަރަށް ފުރިހަމަ އާޓިކަލްއެއް.

    1
    7