ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ބަނޑުބޮޑުކަމަށް ވަހަކަދެެކެވިގެން ދިޔައީ އޭނާ އިންސްޓަގްރާމްގައި ފިރިމިހާ، ރޯހަން ޕްރީތް ސިންގއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ނެހާ ބަނޑުބޮޑުހެން ހީވާއިރު، އެ ފޮޓޯއަށް ކޮމެންޓް ކުރި މީހުންގެ ތެރޭގައި ހިމެނޭ އޭނާގެ ބޭބެ ޓޯނީ ކައްކަރް ކުރި މެސެޖާއެކު ނެހާ ބަނޑުބޮޑުކަން ކަށަވަރުވީ ކަމަށް އިންޑިއާ މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އޮކްޓޯބަރު މަސް ތެރޭގައި ކައިވެނި ކުރި ނެހާ ބަނޑުބޮޑެެއް ނޫންކަން މި ވަނީ ހާމަވެގެން ގޮސްފައެވެ. އޭނާ ހާމަކުރި އެ ފޮޓޯއަކީ ފިރިމީހާ ރޯހަންއާއެކު ކިޔާފައިވާ ލަވައެއްގެ ޕޯސްޓަރު ފޮޓޯ އެވެ.

އޭނާ އެ ފޮޓޯ އާއްމުކޮށްފައިވަނީ، މީހުންގެ ސަމާލުކަން ހޯދާށެވެ. ނޫންނަމަ ބުނަންވީ އެޓެންޝަން ހޯދަން ކަމެެވެ. ލަވައަށް އިތުރު ޕަބްލިސިޓީ ސްޓަން ހޯދާށެވެ.

އޭނާ މިއަދު ހަމަ އެ ފޮޓޯ ހިއްސާ ކުރިއެވެ. ނަމަވެސް މި ފަހަރު އެ ފޮޓޯ ޑިޒައިންކޮށްފައި ވަނީ ލަވައިގެ ޕްރޮމޯޝަނެއްގެ ގޮތަށެވެ. އޭނާ އެ ފޮޓޯ ހިއްސާކޮށް ލިޔެފައި ވަނީ ޚިޔާލްރަޚްޔާކަރް 22 ޑިސެމްބަރު". ކަމަށެވެ. އެ ލަވައަކީ އޭނާއާ ފިރިމީހާ ރޯހަންޕްރީތް ސިންގގެ ލަވައެކެވެ.

ނެހާ ބަނޑުބޮޑުހެން ހީވާ ފޮޓޯއެއް އާއްމުކުރުމުން އެތައް ބަޔަކު ވަނީ އޭނާ ބަނޑުބޮޑުވީ މާ އަވަހަަށް ކަމަށް ބުނެފައެވެ.