އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ވަރަށް ބޮޑަށް ފަލަވުމުން އެތައް ބައެއްގެ މަލާމާތް އޭނާއަށް ރައްދުވެއްޖެއެވެ.

ނެހާ އާއި އޭނާގެ ފިރިމީހާ ރޯހަން ޕްރީތް ކައިވެނި ކުރި ފަހުން އޭނާ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައެވެ.

މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ނެހާ އާއި ރޯހަންއަށް ދަރިއަކު ލިބެން އުޅޭ ކަަމަށް ބުނެ ވާހަކަތަކެއް ދެކެވުނެވެ. އެ ވާހަކަތައް ދެކެވެން ފެށުމުން ނެހާ ވަނީ ވީޑިއޯއެއް މެދުވެރިކޮށް އެކަން ދޮގުކޮށްފައެވެ.

"އަހަރެންނަށް އެނގޭ އަހަރެންގެ ބަރުދަން ކޮންމެވެސް ވަރަކަށް ބަރުވެއްޖެކަމަށް، އަދި ބަނޑުބޮޑު ކަމަށް ދައްކާކަމަށް، އަހަރެން ކުޑަކޮށް ފަލަކަމަށް އެބަ ދައްކާ، އޭގެ މާނައެއް ނޫން އަހަރެން ބަނޑުބޮޑޭ". ނެހާ ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)


އެންމެ ފަހުން ނެހާ އާއި ފިރިމީހާގެ ފޮޓޯއެއް އާއްމުވެފައި ވަނީ އާ އަހަރު ފާހަގަ ކުރުމަށް ގޯއާގައި އޮތް ކޮންސާޓަކަށް ދިއުމަށް އެއާޕޯޓަށް ގޮސް ހުއްޓާ އެވެ. އެ ފޮޓޯތަކުންވެސް އޭނާ ވަރަށް ބޮޑަށް ފަލަކަމަށް ދައްކާ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

އަދި އޭނާ އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގްއާވެސް ވައްތަރު ކަމަށްވެސް ބުނެ ކޮމެންޓްތައް ކޮށްފައި ވެއެވެ. އެގޮތުން އެކަކު ކުރި ކޮމެންޓްގައި ބުނެފައި ވަނީ އޭނާ ހީކުރީ އެއީ ބާރްތީ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރީ

    މީހަކު ހުންނަ ސިފަޔަށް މަލާމާތްކުރާ މީހާގެ އެތެރެފުށުގައި އަޅައިފައި ހުންނަ ކުނި ފުޅަ ނުފެންނާނެ، ކީކޭ؟

    10
    1