އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނެހާ ކައްކަރު އާއި އޭނާގެ ފިރިމީހާ ރޯހަތް ޕްރީތް ސިންގެ ކައިވެނީގެ ގުޅުން ނިމުމަކަށް އަންނަ ކަމުގެ ކުލަވަރުތައް ފެންނަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ނެހާ އާއި ރޯހަތް ކައިވެނިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ނަމަވެސް މިހާރު މި ކައިވެނީގައި މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

އެގޮތުން ޓައިމްސް އޮފް އިންޑިއާއިން ބުނާގޮތުން ދާދި ފަހުން ނެހާ ވަނީ އޭނާގެ 35 ވަނަ އުފަން ދުވަސް އާއިލާ މީހުންނާއި ރައްޓެހިންނާއެކު ބާއްވާފައެވެ. ނެހާ އޭނާގެ ގޭގައި ބޭއްވި މި ޓީ ޕާޓީގައި އޭނާއާ ވަރަށް ގާތް މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ނެހާގެ މައިންބަފައިންނާއި، ދައްތަ އާއި ބޭބެވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Neha Kakkar (@nehakakkar)


އަދި އޭގެ އެތައް ފޮޓޯއެއް މީސް މީޑިއާގައިވެސް ނެހާ ހިއްސާ ކުރިއެވެ. މިއާއެކު އެތައް ބަޔަކު ބުނަމުން ދަނީ އެ އިވެންޓްގެ ތެރެއިން ފިރިމީހާ ރޯހަން ނުފެންނަ ކަމަށާއި، އޭނާއާއެކު ފޮޓޯއެއްވެސް ނެތް ކަމަށެވެ.

ނެހާ އިންސްޓަގްރާމްގައި ހިއްސާ ކުރި އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން އޭނާގެ އުފަން ދުވަހުގެ ތަހުނިޔާތައް ކިޔާފައިވާއިރު، "ފިރިމީހާ ކޮބާތަ ތި ފޮޓޯތަކުގައި؟". މިހެން ޖަހާ ކޮމެންޓް ކޮށްފައި ވެއެވެ.

އިތުރު މީހަކު ވަނީ ނެހާގެ ފިރިމީހާ ކައިރީގައި ނެތީ ކީއްވެތޯވެސް ސުވާލު ކޮށްފައެވެ. އަދި މި ހަފްލާގައި ރޯހަންގެ މައިންބަފައިންވެސް ބައިވެރިވެފައި ނުވާތީ އެވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

މީޑިއާތަކުން އެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމުގެ ވާހަކަތައް ގުޅޭގޮތުން ވާހަކަދައްކަން ފެށީ މިހެންެވެގެން ކަމަށް ބެލެވެއެވެ.

މިކަމާއި ގުޅޭގޮތުން ދެމަފިރިންވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ފަހަރުތަކާ ހިލާފަށް ރޯހަން އިންސްޓަގްރާމްގައި ނެހާގެ އުފަން ދުވަހާއި ގުޅުވައިގެން ލޯތްބާއި ތައުރީފުގެ ލަފްޒުތައް ހިމެނޭ އެއްވެސް ޕޯސްޓެއް ހިއްސާކޮށްފައި ނުވާ ކަމަށްވެސް މީޑިއާ ތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލީކެޑު ކޮމެންޓު.

    ޢަބަދު ބޮލު ގައި ބޮޑު ފޮށާ އެއް އަޅާއިގެން އުޅޭތީ ވަރަށް ފޫހި!! ބައެއް ފަހަރު ވަސް ވެސް ހުރޭ