ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހަ ކައްކަރު އާއި އޭނާގެ ފިރިމީހާ ރޯހަން ޕްރީތް ސިންގ ވަރިވާން އުޅޭ ކަމުގެ އަޑުތައް ގަދަވެގެން ދިޔައީ ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައެވެ.

ނެހާ އާއި ރޯހަން ކައިވެނިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ނެހާ އާއި ރޯހަންގެ ގުޅުން ގޯސްކަމުގެ ވާހަކަތައް ދެކެނެން ފެށީ ނެހާ އޭނާގެ 35 ވަނަ އުފަން ދުވަސް އާއިލާ މީހުންނާއި ރައްޓެހިންނާއެކު ބޭއްވިއިރު، ރޯހަންވެސް އަދި އާއިލާ ހިމެނޭ ފޮޓޯއެއްވެސް ނެތުމުންނެވެ.

ނެހާ އާއި ފިރިމީހާގެ ގުޅުން ނިމުމަކަށް އަންނަނީ؟

އެ ޕާޓީގައި ނެހާ އޭނާގެ ގޭގައި ބޭއްވި މި ޓީ ޕާޓީގައި އޭނާއާ ވަރަށް ގާތް މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ނެހާގެ މައިންބަފައިންނާއި، ދައްތަ އާއި ބޭބެވެސް ހިމެނެއެވެ.

މިއާއެކު އެ މީހުންގެ ގުޅުން ނިމުމަކަށް އައީ ކަމުގެ އަޑުތައް ގަދަވިއެވެ. ނަމަވެސް އެކަން ނެހާ މި ވަނީ ފޮޓޯއެއް މެދުވެރިކޮށް ދޮގެއްކަން ހާމަކޮށްފައެވެ. އެގޮތުން ނެހާ ހިއްސާ ކުރި އެ ފޮޓޯއިން ފެންނަނީ ރޯހަން ނެހާގެ ކޮލަށް ދޮނެއް ދޭ ތަނެވެ.

އަދި އެ ފޮޓޯއަކީ ދެމަފިރިން އެކުގައި ދިޔަ ދަތުރެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގެ ކެޕްޝަންގައި ނެހާ ލިޔެފައި ވަނީ "ފިރިމީހާއެކު އެންމެ ކަމުދާ ޗުއްޓީ ފުރިހަމަ ކުރުމަށްފަހު އެނބުރި އަވަށަށް އައިސްފައިވާ" ކަމަށެވެ.

މި ޕޯސްޓަށް ނެހާގެ ގިނަ ފޭނުން ވަނީ ކޮމެންޓް ކޮށްފައެެވެ. އަދި އެ މީހުންގެ ގުޅުން ނުނިމޭކަން ހާމަ ކުރަން މިފަދަ ޕޯސްޓަކުން އަންގާލުމުން އުފާވާ ކަމަށް ބުނެފައެވެ.