އާއިލާއަށް އުޅުނީ އުފާވެރިކަމެއް އަންނާށެވެ. އާއިލާއަށް އިތުރު ބައިވެރިވެރިއަކު ލިބެނީއެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. އެމެރިކާއަށް ނިސްބަތްވާ ވެނަސާ ކާޑެނަސް ގޮވްޒަލެޒް ނޮވެމްބަރު ނުވަވަނަ ދުވަހު އަންހެން ކުއްޖަކު ވިހެއީއެވެ. ނަމަވެސް އޭގެ ފަސް ފަސް ދުވަސް އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ބަނޑުބޮޑުއިރު، އޭނާއަށް ވައިރަސް ޖެހުނުއިރު، އެ ބަލީގައި އޭނާ މަރުވެގެން ދިޔައީ، ދަރިފުޅު ހަމަލޮލަށް ނުފެނިއެވެ. އެ ދަރިފުޅާއި ބައްދަލު ނުވެއެވެ. އެ ދަރިފުޅު އޭނާއަށް ފެނުނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

ވެނަސާގެ އިތުރު ދެ ދަރިން ތިބެއެވެ. އެއީ އުމުރުން 11 އަހަރުގެ ރުބެން އާއި ހަތް އަހަރުގެ ޖޯޝުއާ އެވެ.

ވެނަސާގެ ފިރިމީހާ ބުނީ، އޭނާއަށް ދަރިފުޅު އުރާލާނެ ފުރުސަތެއްވެސް ނުލިބުނު ކަމަށެވެ. އަދި ހަމަލޮލަށް ދަރިފުޅު ބަލަންވެސް ފުރުސަތު ނުލިބުނު ކަމަށް ބުންޏެވެ.

ކޮވިޑް-19 ބިރަށް ދަރިފުޅާއި، ވެނަސާ ހުރީ ދުުރު ކޮށްފައެވެ. އޭނާގެ ފިރިމީހާ އާއިލާ ގެއަށް ގެނެސްގެންވެސް، ދަރިފުޅާއި މަންމަ ބެހެއްޓީ ދުރުގައެވެ. ވަކި ކޮޓާރިއެއްގައެވެ. ނަމަވެސް ދެ މީހުންވެސް ފޭސްޓައިމް މެދުވެރިކޮށް ބައްދަލު ވެވޭ ގޮތް ހެދިއެވެ.

"އަހަރެންް ބުނިން، އަހަރެން ތިމީހުން ދުރުކުރަން ޖެހެއޭ، އަހަރެންނަަށް އިިނގެޔޭ ވެނސަރާ ދަރިފުޅު ބަލަން ބޭނުންވާނެ ކަން އެކަމަކު ވަކި ކުރަން ޖެހެއޭ، އެހެންވީމަ ދަރިފުޅާއި ދެ މީހުން ފޭސްޓައިމް ކުރާނީއޭ".

ވެނާސާ މަރުވީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެން އުސްލާ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ އޭނާ މަރުވީ ކޮވިޑް-19 ބަލީގައި ކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު