ބުޅަލަކީ މިއީ ގިނަބަޔަކަށް ހާއްސަ އެއްޗެެކެވެ. ގިނަބަޔަކު ބުޅާ ދެކެ ލޯބިވެސް ވެއެވެ. އަދި ބުޅާގެ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވިޔަސް އެތައެއް ބައެއްގެ ސަމާލުކަން ލިބެއެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެން ދަނީވެސް އެފަދަ ވީޑިއޯއެކެވެ. އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވެއެވެ.

އެ ވީޑިއޯއިން ފެނިގެން ދިޔައީ ލުބްނާންގެ ބެއިރޫތްގައި އަންހެން ރިޕޯޓަރަކު ކެމެރާ ކުރިމަތީގައި ވާހަކަދައްކަމުން ދިޔަ ގަޑީގައި ބުޅަލެއް އޭނާ ކައިރީގައި ހުއްޓިލައިގެން އޭނާއަށް އުނދަގޫ ކުރާ މަންޒަރެވެ.

އެ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފައި ވަނީ ސްކައި ނިއުސް އަރަބިއްޔާގެ ރިޕޯޓަރެއް ކަމަށްވާ ލަރިސާ އައުން އެވެ. އެ ވީޑިއޯގައި ދެނިގެން ދިޔައީ، އޭނާ ލައިވްކޮށް ބުލެޓިންގ ކިޔަމުންދިޔައިރު، އޭނާއަށް އެ ބުޅާ އުނދަގޫ ކުރާ މަންޒަރެެވެ.

ލަރިސާ އެ ވީޑިއޯ ހިއްސާކޮށް ބުނީ، އެއީ އޭނާގެ އެންމެ ތެދުވެެރި ފޮލޯވާ ކަމަށެވެ. އޭނާ ހިއްސާ ކުރި ދެ ވީޑިއޯއިން އެއް ވީޑިއޯއިން ފެނިގެން ދަނީ އޭނާ ލައިގެން ހުރި ކޯޓުގެ ބެލްޓާއި، އެ ބުޅާ ކުޅޭ މަންޒަރެވެ.

ޑިސެމްބަރު 18 ވަނަ ދުވަަހު އޭނާ ހިއްސާކުރި އެ ވީޑިއޯއަށް 2،2 ލައްކަ ވިއުސް ލިބުނުއިރު، އެތައް ހާސް ބަޔަކު އެ ވީޑިއޯއަށް ކޮމެނތް ކޮށްފައި ވެއެވެ.

ބައެއް ކޮމެންޓްތަކަށް ޖަވާބުދެމުން އޭނާ ބުނީ، އެކަމުން އޭނާއަށް އުނދަގޫ ނުވާ ކަމަށާއި، އެކަން އޭނާއަށް ވީ މަޖާ ކަމަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    އެއީ މަވަރަށް ކުރާ ހިތްވާކަމެކޭ.