ލ. ދަނބިދޫއަކީ ކުރީގައި އެ އަތޮޅުގެ އަތޮޅުވެރިކަން ކުރި ރަށެވެ. އެ އަތޮޅުގައި ވެރިކަން ކުރި މީހުން އެރަށުގައި އުޅެމުންދިޔަ ދުވަސްވަރުގައި އޭގެން މީހަކު ކަޅު ކުލައިގެ ކުޑަ އަންހެން ޖިންނިއެއް ގެންގުޅޭކަމަށް ވެއެވެ. އެ ކުއްޖާއަށް ނަމަކަށް ދީފައި އޮންނީ އަތޮޅު ކުއްޖާއެވެ.

އެ ކުއްޖާ ފެންނަނީ އަނދިރިގަނޑުގަނޑު ތެރެއިންނެވެ. އެ ޒަމާނަކީ ކަރަންޓް ލިބޭ ޒަމާނަކަށް ނުވާތީ އެ ކުއްޖާ އެ ރަށުގެ ވަރަށް ގިނަ މީހުންނަށް ފެނުނު ކަމަށް ވެއެވެ. އަދި އާއްމުކޮށް ރީތި ހަނދުވަރުދީފައި އޮންނަ ރޭރޭ އެ ކުއްޖާ ވަަރަށް ރީއްޗަށް ފެންނަ ކަމަށް ވެއެވެ.

އެރަށުގެ ބައެއް މީހުން ބުނާގޮތުގައި، އެ ކުއްޖާގެ ގައިގާ އެއްވެސް މީހަކަށް އަތެއް ނުލެވެއެވެ. އަދި އެއިރު އަތޮޅު ވެރިކަން ކުރި މީހަކު އެ ކުއްޖާއަށް ކާންދީ ކަންތައްކޮށްދިން ކަމަަށްވެސް ވެއެވެ.

އެ ކުއްޖާ ފެންނަނީ ރަށުގެ އެއް ސަރަހައްދަކުންނެވެ. އެއީ މިހާރުވެސް އެ ރަށުގެ ކައުންސިލް އިދާރާ ހުންނަ ސަރަހައްދުންނެވެ.

މިހެން މި ކުއްޖާ ފެންނަކަމަށް ރަށުގެ އިހުގެ ގިނަ ބަޔަކު ބުނާއިރު، އެއް ދުވަހެއްގައި މި ކުއްޖާގެ ގައިގާ އަތްލާ އެ ކުއްޖާއަށް ދިމާ ކުރުމުން އެ ކުއްޖާ މި މީހާ މަޅާ ބިންބައްޗަށް ޖެހި ގޮތަށް، އަދިވެސް އެ މީހާ ހިނގަމުން ދަނީ ކޮރުފާޑަކަށް ކަމަށް ވެއެވެ.

މި ބުނާ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ 2005 ހިސާބުގައެވެ. އޭގެ ފަހުން އެ ކުއްޖާއެއް ނުފެނެއެވެ. ބޮޑަށް ބެެލެވެނީ ރަށަށް ކަރަންޓް ލިބުމުން އެ ކުއްޖާ އެރަށުން ފައިބައިގެން ދިޔައީ ކަމަށެވެ. އެ ކުއްޖާ ގެންގުޅުނުކަމަށް ބުނާ މީހާވެސް އެރަށުން ދިޔަފަހުން އެ ކުއްޖާ އުޅުނުކަމަށް ބައެއް މީހުން ބުނެއެވެ.

އެއީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް އުނދަގޫކުރި އެއްޗެެއްވެސް ނޫނެވެ. އެހެންކަމުން ރަށު މީހުން ގަބޫލުކުރާގޮތުގައި އެ ޖިންނި މަރާލުަމަކީ އެރަށު ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ލިޔާނެ އެއްޗެއް ނޭނގުނީ ؟

 2. ދަނބިދޫ މީހުން ކިޔާ އުޅެނީ އަތޮޅުގެ ކުއްޖާ ކުރީ ޒަމާނުގާ އެކުއްޖާ ވަރައް ގިނަ މީހުނައް ފެނިފަވާކަމައް މައުލޫމާތު ލިބޭ

 3. ހުސްދޮގު

 4. ވަރައް ގަބޫޫޅު ކުރަން ދަތިވާހަކައެއްތީ

 5. އަސްޅައް ޖިންނި ފެއްން ނައްޏާ ވަރައް ހައިރާންވޭ

 6. އަތް ނުލާތަ ކާންދެނީވެސް. ޖިންނި ސައިތާނު އެއީ އުޅޭ އެއްޗެއް. ކޮންމެ ރަށަކުންވެސް ތިޔަކަހަލަ ކުދިން ފެނޭ. ރައީސް ނަޝީދަށް ފެންނަނީ ތަންކޮޅެއް ބިޔަ ޖިންނިއެއް ކަމަށް ވަނީ.

 7. ޓި ދެން އަންދިރިވީމަ ހިވާގޮތް.. ޖިންނި ކަރަންޓްދެކެ ބިރުގަނޭތަ.. ޖިންނި ވެސް އުޅޭ އެކަމަކު ގިނަފަހަރު ހީވާހީވުން ތަފާތުވަަނީ އަންދިރި ވީމަ ނުވަތަ ބިރުގަތީމަ.. ތިފަދަ ވާހަކަ ތަކުގެ 25 ޕަސަންޓް ތެދަކަށް ވާނީ..

  • ރައީސް ނަޝީދު އާ ވާނެ ކޮންމެހެންވެސް ބެހެން. ކަމާގުޅޭ ކޮމެންޓް ކުރުން ކިހިނެވާނެތޯ؟

 8. ތިހެން ބުނީމަ ހަދާންވަނީ. މީހުން ބިރު ގަންނަވަން އަހަރުން ރަށުގަ ކުރި ކަމެއް. މި ކުރާ ކަމަކީ ބަޔަކު ރާވައިގެން ކުޑަ ކުއްޖަކު ބޭނުންކޮށްގެން ކުރި ކަމެއް. އެމީހުން ފިލާ ތިބެފަ މީހުންނަށް ފެނަ ހެން އެ ކުޑަ ކުއްޖާ އަދިރި ތަންތަނުގަ ބަހައްޓަނީ. ހެނދުނު ވާ އިރު ރަށު ތެރޭގައި ކިޔާނެ ރޭގަ މިވެނި ތާކުން ކުޑަ ކުއްޖެއް ފެނުނޭ. މާފަހުން މި އިނގުނީ މީ ބަޔެއްގެ ރޭވުމެއްކަން.

 9. ހެ ލިޔާނެ އެއްޗެއް ނޭނގިގެންތަ މި އުޅެނީ....ހެޕީ ދެން މި ވާހަކަތައް ވެސް ލިޔަާތީވެ.....ތޭންކްސް ވަގުތު...

 10. އެ ޖިންނި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާ ނަމަ މީހަކު ނަގާޖަހާނެތަ؟

 11. މި ވާހަކަ އަސްލު ވިއްޔާ މި ކަންތަށް ފެންނަ ކަމުގެ ހެއްކެއް ދީބަ. ބަޓް ނޮޓް ބޭޑް އެޓް އާލް

 12. ނާހަމަތެދެއް
  ހާދަހީނުވެޔޭ

 13. ދުނިޔޭގައި އުޅެނީ އިންސާނުން އެކަންއެއް ނޫން....