ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ އެކްޓަރެއް ކަމަށްވާ މިތުން ޗަކްރަބޯތީ، އޭނާގެ ކުރިއަށް އޮތް ފިލުމު ''ކަޝްމީރު ފައިލް''ގެ ޝޫޓިންގެ ތެރޭގައި އުޅެނިކޮށް ހާލު ދެރަވެއްޖެ އެވެ. އޭނާގެ ހާލު ޝޫޓިން ހުއްޓާލަން ޖެހުނެވެ،

''ކަޝްމީރު ފައިލްގެ ޝޫޓިން މިދިޔަ ނޮވެމްބަރު މަހު މައިސޫރީގައި ފެށިގެން ކުރިއަށްދެއެވެ/

ޝޫޓިންގެ ތެރޭގައި އުޅެނިކޮށް މިތުންގެ ހާލު ގޯސްވި ނަމަވެސް ފިލުމުގެ ޝޫޓިން ކުރިއަށް ގެންދިޔުމަށް އޭނާ ޑައިރެކްޓަ ގާތު ބުނިކަމަށް ވިވެކް ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ފިލުމުގެ ބޮޑު އެކްޝަން ސީންއެއް ކުރިއަށް ދިޔައިރު މިތުންނަށް އިންފެކްޝަންގެ ސަބަބުން އުދަނގޫތަކެއް ވެގެން ދިޔަ ކަަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

''އިންފެކްޝަނެއްގެ ސަބަބުން ހާލު ދެރަވުމުން، އެއީ އެފަދަ ހާލަތެއްގައި އާދައިގެ މީހަކަށް އެކަމަަށް ކެތްކޮށްލެވޭނެ ކަމެއް ނޫން. ނަމަވެސް މިތުން ވަރަށް ކުޑަކުޑަ ބްރޭކެއް ނެގުމަށްފަހު އެނބުރި އައިސް އެ ސީން އެއްކޮށް ނިންމާލި. އޭގެ ކުޑައިރުކޮޅެއް ފަހުން ކުރިއަށްވުރެ ބޮޑަށް މިތުންގެ ހާލު ދެރަވި. އަހަރެން ދުވަހަކު ވެސް ނުދެކެން މިހާ ހާލު ދެރަވެފައި ހުއްޓާ އެއްވެސް އެކްޓަރެއް ޝޫޓް ކުރި ތަނެއް. މިތުން ސްޕަރސްޓަރއަކީ ވަނީ މި ސަބަބަށްޓަކައި'' ފިލުމުގެ ޑައިރެކްޓަރ ވިވެކް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ވިވެކް ބުނެފައިވަނީ މިތުން ފަދަ އެކްޓަރުންނަކީ ކޮންމެ ފިލުމަކަށް ވެސް އެންމެ އަގުބޮޑު އެންމެ ބޭނުންތެރި އެއް ބައި ކަމަށާއި މިހާރު މިތުންގެ ހާލު ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު