އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް މި ވަނީ މިއަދު މަޖާ ވީޑިއޯއެއް އިންސްޓަގްރާމްގައި އާއްމުކޮށްފައެވެ. އެ ވީޑިއޯއަކީ ނެހާ އާއި ފިރިމީހާ ރޯހަން ޕްރީތް ސިންގއާއެކު ކިޔާފައިވާ ލަވައެއްގެ ޕްރޮމޯޝަނަށް އޭނާ ބަނޑުބޮޑުކަމަށް ދައްކައި ޖެއްސި ސްޓަންޓެކެވެ. އެ ސްޓަންޓް ވަރަށް ކާމިޔާބެވެ. ޔަގީނުންވެސް ލަވައަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދާނެއެވެ.

ނެހާގެ މިއަދު އިންސްޓަގްރާމް ކުރި އެ ވީޑިއޯއިން ފެނިގެން ދަނީ ބަނޑަށް، އެއްޗެއް ލައްވައިގެން ހުރެ ޕާނީޕޫރީ ކައި މަޖާ ނަގާ މަންޒަރެވެ. އެ ވީޑިއޯގައި އޭނާގެ ފިރިމީހާވެސް ފެނިގެން ދެއެވެ.

ނެހާ އާއި އޭނާގެ ފިރިމީހާ ރޯހަންއާ ގުޅޭގޮތުން ނޫސްތަކުން މީގެ ކުރިން ހަބަރު ގެނެސް ދީފައި ވަނީ ނެހާ ބަނޑުބޮޑުކަމަށް ބުނެއެވެ. ނަމަވެސް އެކަން ވީ އެހެން ނޫންތާއެވެ. އޭނާގެ އެ ޝޮޓަކީ ވަރަށް އަވަހަށް ނެރެން އުޅޭ ދެމަފިރިންގެ ލަވައެއްގެ ޕްރޮމޯޝަނަލް ސްޓަންޓެއްގެ ފޮޓޯއެކެވެ. ނެހާ އެ ފޮޓޯ އާއްމުކޮށް އެތައް ބަޔަކު ނެހާއަށް މަރުހަބާ ކީ ފަހުން، ވަނީ އެއީ ޕްރޮމޯޝަން އިވެންޓެއްގެ ފޮޓޯކަން ހާމަކޮށް އެތައް ޕޯސްޓެއް ކޮށްފައެވެ.

އަދި އޭނާ ބަނޑުބޮޑު ނޫންކަން ކަށަވަރުކޮށްދީފައި ވެސް ވެއެވެ.

ނެހާ ފުރަތަމަ އާއްމު ކުރި އެ ފޮޓޯއާއެކު އޭނާ ބަނޑުބޮޑުވީ މާ އަވަހަށް ކަަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައެވެ.