އުޑުމަތިން ދަތުރު ކުރަމުންދިޔަ ބޮޑު އަލިފާން ބޯޅައެއްޗައިނާގެ ދެކުނުގެ އަވަށަކަށް ވެއްޓިއްޖެ އެވެ.

މިހާރު މީސް މީޑިއާގައި ދަނީ، ވަރަށް ހަލުވިކޮށް، އެ އަލިފާން ބޯޅަ ދުނިޔެއާ ދިމާލަށް ދަތުރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ވާހަކަދައްކަމުންނެވެ. އެ ވީޑިއޯ ފެނިފައި އެތައް ބަޔަކަށް ވަނީ ހައިރާންވެފައެވެ.

އެއީ ކޮން ކަހަލަ އަލިފާން ބޯޅައެއް ކަމެެއް ނޭނގެއެވެ. އެހެން ނަމަވެސް ބައެއް މީހުން ބުނާގޮތުގައި، އެއީ ވަރަށް އަލިގަދަ ގިނިހިލައެއް ކަމަށް ބެލެވެއެވެ. މި އަލިފާން ބޯޅަ ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަނީ އެ ގިނިހިލަ އުޑުމަތީގައި ވަރަށް އަލިގަދަކޮށް ދިއްލިފައި ހުންނަ މަންޒަރެވެ. ނަންގކިއަން ކައުންޓީއާ ދިމާލަށް އެ ވެއްޓެމުންދާ މަންޒަރުވެސް ފެނެއެވެ.

މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށާއި، އެ ގިނިހިލަ ވެއްޓުނު ގަޑީގައި ބާރު އަޑެއްވެސް އިވުނު ކަމަށް މީހުން ބުނެފައި ވެއެވެ. އަދި މަތިންދާ ބޯޓުތަކުން ދަތުރު ކުރި ބައެއް މީހުންނަށް އޭތި ވެއްޓޭ މަންޒަރު ފެނިފައިވާ ކަމަށް ވެއެވެ.

މިގޮތަށް އާއްމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ވީޑިއޯއެއްގައި އަނދަމުންދާ، އެ އެތި ގޮސް ވެއްޓެނީ ފަރުބަތަކާއި ދިމާލަށެވެ. އަދި އޭތި ގޮސް ބިމުގައި ޖެހެންދެން ވަރަށް ބޮޑަށް އަލިގަދަވަމުންނެވެ.

އެކަކު ބުނިގޮތުގައި، އޭނާއަށް އެ އަލިފާން ބޯޅަ ފެނިފައި ވަނީ ދަރިފުޅު ސްކޫލަށް ގެންދަނިކޮށެވެ.

"އެ ފުރަތަމަ ފެނުނީ ވަރަށް ކުޑަކޮށް، އޭގެ ތިން މިނިޓު ފަހުން ވަރަށް ބޮޑުވާން ފެށި، އަދި ވަރަށް ބޮޑަށް ވިދާ".

ޗައިނާގެ ސައިންސް ވެބްސައިޓެއްގައި ބުނެފައިވާގޮތުންވެސް އެއީ ވަރަށް އަލިގަދަ ގިނިހިލަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭހް

    މިއާ ބެހޭގޮތުން ބޮޑަށް އެއްޗެއް ބުނަން އެނގޭނީ އަލީ ރަމީޒަށް

    102
    55
  2. Anonymous

    ގަންޖާ ވާނުވާނޭނގޭ ދައްޖާލު ގާތުން އަހަންޖެހޭނީ.

    23
    37