ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒު ޚާނާއި ސުހައިލް ޚާނާއި އޭނާގެ ދަރިފުޅު ނިރުވާން ޚާން ކޮވިޑް-10ގެ އުސޫލުތަކާއި ޚިލާފުވުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ޑިސެމްބަރ 25 ވަނަ ދުވަހު ދުބާއީއިން އެނބުރި މުމްބާއީއަށް އައި އަރުބާޒު، ސުހެއިލް އަދި ނިރުވާން، ހޮޓެލެއްގައި ކަރަންޓީނުވުމަށް ބްރިހަންމުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން އެންގުމުން އެ ދެ ތިން މީހުން ވަނީ ކަރަންޓީނު ނުވެ އަމިއްލަ ގެއަށް ގޮސްފައެވެ.

މި ތިން މީހުން ވެސް ކޯވިޑުގެ އުސޫލުތަކާއި ޚިލާފުވެފައިވާ މައްސަލަ ބީއެމްސީ އިން ވަނީ ފުލުހަށް ހުށަހަޅައި އެފްއައިއާރް ރެޖިސްޓަރ ކޮށްފައިކަމަށް އޭޝިއަން ނިއުސް އިންޓަނެޝަނަލް (އޭއެންއައި) އިން ކުރި ޓްވީޓެއްގައިވެއެވެ.

އަރުބާޒު، ސުހައިލް އަދި ނިރުވާން ވެސް ތާޖު ލޭންޑް އެންޑްސްގައި ކަރަންޓީނުވުމަށް ރޫމް ބުކް ކޮށްފައިވާނެ ކަމަށް ފުލުހުން ގާތު ބުނި ކަމަށާއި ނަމަވެސް ކަރަންޓީނު ނުވެ އެ ތިން މީހުން ގެއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މެދުއިރުމަތީގެ ގައުމަކުން އެނބުރި އިންޑިޔާއަށް އަންނަ ކޮންމެ ފަރާތަކުން ވެސް 7 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހޭދަކުރަން ޖެހޭނެ ކަމަށް އިންޑިޔާ ސަރުކާރުން ވަނީ އަންގާފައެވެ.

ސުހައިލް ޚާނާއި އަރުބާޒު ޚާނަކީ ފިލުމު އިންޑަސްޓްރީއާއި ފުރަތަމަ ގުޅުނު ދުވަސްވަރު ފިލުމުތަކުން ފެނިފައިވާ ފަންނާނުންނެވެ. ނަމަވެސް މި ދެ ފަންނާނުން މިހާރު މަސައްކަތް ކުރަމުންދަނީ ކެމެރާގެ ފުރަގަހުންނެވެ.

ކޯވިޑުގެ އާއްމު އުސޫލުތަކާއި ޚިލާފުވުމުން ވަރަށް ފަހުން ރިތިކްގެ ކުރީގެ އަންހެނުން ސުސޭންއާއި ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާ ވެސް ފުލުހުން ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު