ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ފިރިމީހާ ރޯހަންޕްރީތުގެ އަސަރުގަދަ ވާހަކައިން އޭނާ ރޮއްވައިލައިފިއެވެ.

ރޯހަންޕްރީތު އެންމެ ފުރަތަމަ ނޭހާއާއި ދިމާވިއިރު ވީގޮތްތައް ހަނދާން ކުރަމުން ޕްރޮމޯ ވީޑިއޯއެއް ނޭހާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށް ބުނެފައިވަނީ ރޯހަންޕްރީތުގެ ސަބަބުން އޭނާއަށް ރޮވުނު ކަމަށެވެ.

''ނޭހާގެ މެނޭޖުމަންޓުން އަހަރެންނަށް ގުޅިއިރު އަހަރެން ހުރީ ޖަންދިގަރުގައި އަހަރެންގް ޓަރބަން އައްސަން. ގުޅާފައި ބުނި ނޭހާގެ އައު ލަވައިގައި ނޭހާއާއި އެކު ބައިވެރިވާން ބޭނުންތޯ. އަހަރެން ބުނިން ތީ އަހަން ވެސް ޖެހޭ ކަހަލަ ވާހަކައެއް ނޫނޭ'' ރޯހަންޕްރީތު ބުނެފައިވެއެވެ.

''އަހަރެން ހަނދާން އެބަހުރި އަހަރެން ސްޓޫޑިއޯއަށް ވަތްއިރު ނޭހާ އިން ގޮނޑީގައި އިށީނދެގެން. އަދި އަހަރެންނާއި ދިމާއަށް އެނބުރުނު. އެވަގުތުކޮޅުން ފެށިގެން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި'' ރޯހަންޕްރީތުގެ ވާހަކަ ކުރިއަށް ގެންދިޔައިރު ވިޝާލް ޑަޑްލާނީއާއި ހިމޭޝް ރޭޝަމިޔާ ހިނިތުންވެ ތިބެ އެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ.

ނޭހާގެ ވަށައިގެން އުޅޭ މީހުންނަށް ނޭހާއަކީ ''ޕޮޒިޓިވް އެފެކްޓް''އެއް ކަމަށާއި އޭއި އެންމެންގެ ވެސް އެންމެ ''ފޭވަރިޓް'' ކުއްޖާ ކަމަށް ވެސް ރޯހަންޕްރީތު ބުނެފައިވެއެވެ.

ނޭހާގެ ސަބަބުން ރޯހަންޕްރީތުގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަ ހިއްސާ ކުރަމުން ރޯހަންޕްރީތު ބުނެފައިވަނީ މިއަދު އޭނާ އެ މަގާމުގައި އެ ހުރީ ނޭހާގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ. ރޯހަންޕްރީތުގެ މި ވާހަކައަށް ހިމޭޝް ''ސްޓޭންޑީން އޮވޭޝަން'' އެއް ވެސް ދިނެވެ.

ރޯހަންޕްރީތުގެ މަޑުމައިތިރި އުޅުމާއި ރީތި ކަމަށް ހިތް ކިޔަން މާގިނަ ދުވަހެއް ނުނަގާ ކަމަށާއި ރޯހަންޕްރީތުގެ އެ ވާހަކަތަކުން ނޭހާއަށް ރޮވުނު ކަމަށް ނޭހާ ހިއްސާ ކޮށްފައިވާ ވީޑިއޯގައިވެއެވެ.