ނޭހާ ކައްކަރު އާއި ރޯހަން ޕްރީތުގެ ވާހަކައަކީ މިހާރު ބޮލީވުޑްގައި އެންމެ ފަރިތަކޮށް ދެއްކޭ އެއް ވާހަކައެވެ. މި ޖޯޑުގެ ވާހަކަ ނީވޭ ދުވަހެއް މިހާރު މަދެވެ. އެގޮތުން މީގެ އެއް ދުވަސް ވަރު ކުރިން އިވުނީ ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ފިރިމީހާ ރޯހަންޕްރީތުގެ އަސަރުގަދަ ވާހަކައިން އޭނާ ރޮއްވައިލި ވާހަކައެވެ.

ނޭހާގެ ސަބަބުން ރޯހަންޕްރީތުގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ކަމަށް ރޯހަން ވަނީ ބުނެފައެވެ. އަދި ރޯހަންޕްރީތުގެ މަޑުމައިތިރި އުޅުމާއި ރީތި ކަމަށް ހިތް ކިޔަން މާގިނަ ދުވަހެއް ނުނަގާ ކަމަށާއި ރޯހަންޕްރީތުގެ އެ ވާހަކަތަކުން ނޭހާއަށް ރޮވުނު ކަމަށް ނޭހާ ހިއްސާ ކޮށްފައިވާ ވީޑިއޯގައި ބުނެފައިވާ ކަން މީޑިއާއިން ވާނީ އެނގިފައެވެ.

ނޭހާ ހިއްސާކުރި އިތުރު ވީޑިއޯއަކުން ރޯހަން ޕްރީތު އޭނާ އަށް ލަވަކިޔާދޭ މަންޒަރު ފެނެެއެވެ. އެ ވީޑިއޯ އާއި މެދު ރިއަލިޓީ ޓވީީ ޝޯއެއްގައި ވާހަކަދައްކަމުން ނޭހާ ބުނީ ރޯހަން ލަވަކިޔާ ކޮންމެ ފަހަރަކު އޭނާ އަށް ރޯހަން ދެކެ އިތުރަށް ލޯބިވެވޭ ކަމަށެވެ.

އަދި ނޭހާ ބުނީ ރޯހަންގެ އަޑު އިވޭ ކޮންމެ ފަހަރަކު އޭނާ އަށް ކުރަނީ ފުން އަސަރުތަކެއް ކަމަށެވެ. ނޭހާ ބުނީ ރޯހަން އަކީ އޭނާގެ ނަސީބު ކަމަށެވެ. އަދި ރޯހަން ކޮށްދޭ ކުދި ކުދި ކަންކަމުން އެކަން ވަރަށް ބޮޑަށް ހާމަވާ ކަމަށެެވެ. އަދި މިއުޒިކަކީ އޭނާ އަށް ވަރަށް ޚާއްސަ އެއްޗެއް ކަމަށާ، ރޯހަން ލަވަ ކިިޔާތަން ފެނުމުން އޭނާ އަށް އެހާ މުހިންމު ކަމެއް ބޭނުުންކޮށްގެން ލޯބި ހާމަކޮށްދޭކަން އިހުސާސްވާ ކަމަށް ނޭހާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަލްޖިބްރާ

  އުމުރުން ދޮށި އަންހެނުން ޅަފިރިހެންކުދިންނާއި އިދެފަ ތިހުރިހާ ފަރިއެއް ދައްކާނެ !

  1
  5
  • އަލްކީން

   އުމުރުން މާދޮށީ ފިރިހެނުންވެސް މާޅައަންހެންނުންނާއި ކައިވެނި ކުރޭ ކޮބާ މައްސަލަޔަކީ އެދެމީހުން ލޯބިވަންޏާ އެނިމުނީނުން.