އިނގިރޭސިވިލާތުގައި ނުރައްކާތެރި ކޮވިޑް-19 ނުރައްކާތެރި މިންވަރަށް ފެތުރެމުންދާތީ ފުރަބަންދުކޮށްފައި ވަނިކޮށް ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ މަންމަ ބޮލުގައި ކުލަަޖައްސަން ސެލޫން އަކަށް ދިއުމުން އާއްމުންގެ ރުޅިގަދަވެއްޖެއެވެ.

ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެ ގައުމުގައި ފުރަބަންދު އިޢުލާންކޮށްފައެވެ. އަދި އެއްތަނުން އަނެއް ތަނަށް ދިއުން މަނާކޮށް އެ އުސޫލާއި ޚިލާފުވާ ވިޔަފާރިވެރިންވެސް 10،000 ޔޫރޯއިން ޖޫރިމަނާ ކުރާނެކަން ވަނީ ހާމަޮށްފައެވެ.

ސަރުކާުން ހާމަކުރި އުސޫލުތައް ބުނާގޮތުން ރީތިވާން ދާ ތަންތަނުގެ ތެރޭގައި ހިމެނޭ ސެލޫން އާއި މަސާޖް ޕާލާ އާއި ހަންގަނޑު ތޮރުފާ ތަންތަނާއި، ޓެޓޫޖަހާ ތަންތަންވެސް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އަދި ގޭގެއަށް ގޮސްގެން ވެސް އެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.

،މި އުސޫލު މިހެންް އޮއްވާ އެކަމަށް ގޮންޖަހާ ޕްރިޔަންކާ އާއި އޭނާގެ މަންމަ ސެލޫން އަށް ދިއުމުން އެކަން މީސްމީޑިއާގެ ސަމާލުކަމަށް އައިސް އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެ މީހުން ޖޫރިމަނާ ކުރަން އުޅުމުން އެ ދެ މީހުން ވަނީ ސެލޫން އަށް ދިޔައީ ޝޫޓިންއަކަށް ކަމަށް ބުނެ ލިޔުންތަކެއް ދައްކާފައެެވެ.

އާއްމުން ވަނީ ތަރިއަކަށް ވުމަކީ ތަފާތު އުސޫލުތަކެއް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އުސޫލުތައް މުގުރުމުން އާއްމު މީހާ އަށް ލިބޭ އަދަބު ފަންނާނުންނަށް ވެސް ލިބެން ޖެހޭ ކަމަށް ބުނެ އާއްމުން ވަނީ ފާޑު ކިޔާފައެވެ. އާއްމުން ވަނީ ޕްރިޔަންކާ ޖޫރިމަނާނުކުރުމުން ފުލުހުންނާއި މެދުވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ޕްރިޔަންކާގެ ތަރުޖަމާނަކު ބުނީ އޭނާ އެ ސެލޫން އަށް ދިޔައީ ފުލުުހުންގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެއީ އޭނާ ޝޫޓް ކުރަމުންދާ ފިލްމަކަށް ތައްޔާރުވާން ކުރި މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދިޔަ ސެލޫން އަކީ އެ ޕްރޮޑަކްޝަން އާއި އެކު މަސައްކަތް ކުރާ ސެލޫނެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    ސެލޫންއަށް ދިއުމާ ފިލްމު ކުޅުމަކީ ޒަރޫރީކަމެއްތަ؟؟؟ ފިލްމް ޝޫޓިންއަކަށް ސެލޫން އަށް ދިއައީއޯ.

    5
    2