ސްޕްރީމް ކޯޓުގައި ރަޖިސްޓްރީ ކުރެވޭ މައްސަލަތަކާއި ކޯޓުން ނެރޭ ޢަމުރުތަކަށް ދޭ ނަމްބަރަށް އެ ޚޯތުން ބަދަލު ގެނެސްފިއެވެ.

އެގޮތުން، އެ ކޯޓުގެ ޤާޟިއްޔާތަކާއި، ކޯޓު ޢަމުރުތަކަށް ނަމްބަރު ދިނުމުގައި މީގެ ކުރިން ޢަމަލުކުރަމުން އައިސްފައިވާ ގޮތަކީ، މައްސަލައިގެ ބާވަތަށްބަލައި އަކުރެއް ދިނުމާއި އެކު، މައްސަލަ ރަޖިސްޓްރީވާ ތަރުތީބުން ނަމްބަރު ދެމުން ގެންދިއުމެވެ. މިގޮތަށް ޢަމަލު ކުރުމުން އިދާރީގޮތުން ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އެ ކޯޓުގައި ރަޖިސްޓްރީ ކުރެވޭ މައްސަލަތަކާއި އެ ކޯޓުން ނެރޭ ނަމްބަރުތަކަށް ބަދަލުގެނައުމަށް ނިންމާފައިވަނީ މިއަދު އެކޯޓުން ނެރުނު ޕްރެކްޓިސް ސްޓޭޓްމަންޓެއްގައެވެ.

މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ، ސްޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތަށް ދީފައިވާ އަކުރުތަކަށް ބަދަލު ގެނައުމާއި، ޤަޟިއްޔާ ނަމްބަރު ދިނުމުގައި ކޮންމެ ބާވަތަކުން، މައްސަލަ ރަޖިސްޓްރީވާ ތަރުތީބުން އެ ބާވަތަކަށް ނަމްބަރު ދިނުމެވެ.

ރަޖިސްޓްރީ ކުރެވޭ ޤަޟިއްޔާތަކުގެ ތެރެއިން އިސްތިއުނާފީ މައްސަލަތަކާއި، އިސްތިޝާރީ ލަފައާއި، ދުސްތޫރީ މައްސަލަތަކާއި، ނީޙާޢީ ޙުކުމްތަކާއި، އިންތިޙާބީ މައްސަލަ ތަކުގެ އިތުރުން، ސްްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް މުރާޖާކުރުމާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކަށް ނަމްބަރު ދިނުމުގެ އުޞޫލަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމައެއާއި އެކު، ޢަމުރުތަކުގެ ތެރޭގައި، ވަގުތީ ޢަމުރާއި، ޙުކުން ރަންފީޒު ކުރުން ފަސްކުރުމަށް ނެރޭ ޢަމުރުތަކަށް ނަމްބަރު ދިނުމުގައި މީގެ ކުރިން ގެންގުޅު އުޞޫލަށްވެސް ބަދަލު ގެންނަން ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު އެކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ އެހެން ކަމެއްވެސް ކޯޓުތަކަށް އަންގާފައެވެ.

އެގޮތުން، ވެބްސައިޓްތައް ހަދާފައި ހުންނަ ކޯޓުތަކުން، ކުރާ ޙުކުމްތަކުގެ ޕީޑީއެފް ކޮޕީއެއް އެ ކޯޓުގެ ވެބްސައިޓްގައި ޝާޢިޢުކުރަންވާނެ ކަމަށާއި، ޙުކުމުގެ އެެއްވެސް އަކުރަކަށް ނުވަތަ ފިއްޔަކަށް ބަދަކެއް ގެންނަންވާނީ، އެ މައްސަލައިގައި ހިމެނޭ ދެ ޙަސްމުންގެ ހާޞިރުގައި ނުވަތަ އެ ޙަސްމުން ތަމްސީލު ކުރި ވަކީލުންގެ ހާޟިރުގައި ކަމަށްވެސް ސްޕްރީމް ކޯޓުން ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު