ފިލުމު ''ޖާނެ ތޫ ޔާ ޖާނެ ނާ'' އިން ބޮލީވުޑަށް ތަޢާރަފްވި އިމްރާން ޚާނާއި އޭނާގެ އަންހެނުން އަވަންތިކާ މަލިކުއާއި ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. ނަމަވެސް މިިދިޔަ އަހަރު ވަނީ މި ކައިވެނި ރޫޅިފައެވެ.

އިމްރާން ޚާންގެ މި ކައިވެނި ރޫޅުމަށް މެދުވެރިވެފައިވަނީ އިމްރާން ޚާނާއި އެހެން އަންހެނެއް ލޯބީގެ ގޮތުން ގުޅުމުން ކަމަށް ބޮލީވުޑު ހަންގާަމާގައި ލިޔެފައިވެއެވެ.

ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ ބަތަލާ ލެކާ ވޮޝިންގްޓަންއާއި އިމްރާން ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކަކަށްފަހު އިމްރާންގެ އަންހެނުންނަށް މިކަން އެނގުމުން އަވަންތިކާ ގެއިން ނިކުމެގެން ދިޔައީއެވެ. އޭގެފަހުގައި އިމްރާން އައީ އޭނާގެ ގާތް ރަހުމަތްތެރިންނަށް ލެކާ ތަޢާރަފް ކޮށްދެމުން ކަަމަށް ވެސް ރިޕޯޓްގައިވެއެވެ.

އިމްރާން ޚާނާއި ލެކާގެ ފިރިމީހާ ޕެބްލޯ ޗެޓަރްޖީއަކީ ވަރަށް ގާތް ދެ ރަހުމަތްރިން ކަމަށާއި ލެކާއި އާއި ގާތް ގުޅުމެއް އުފެދިގެން ގޮސްފައިވަނީ މި ރަހުމަތްތެރިކަމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

ލެކާއާއި އިމްރާންގެ މި ގުޅުމުގެ ސަބަބުން މި ދެ ފަންނާނުންގެ ވެސް ދިރިއުޅުން ހަލާކުވީއެވެ. ލެކާއާއި ބައްދަލު ކުރުމަށް އިމްރާން ވަނީ އޭނާގެ ގެއާއި ކައިރިން އިތުރުން ގެއެއް ވެސް ގަނެފައި ކަމަށް ރިޕޯޓްގައިވެއެވެ.

މި ގޭގެ އަވަށްޓެރިންގެ ފަރާތުން އެނގިފައިވާ ގޮތުގައި ލެކާ ވެސް ވަރަށް ގިނައިން އިމްރާން މި ގަތް ގެއަށް އައިސް ގޮސްވާ ތަން ފެނެއެވެ.

އިމްރާނާއި އަވަންތިކާގެ ވަރި ސާބިތުވަންދެން ލެކާއާއި އިމްރާންގެ ގުޅުން އޭނާ ވަނީ ސިއްރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލީފޭން

    އަވަންތިކާ އަކީ ފިރިމީހާއަށް އެއްވެސް ރެސްޕެކްޓްއެއް ކުރާ މީހެއް ނޫން. ތިވީ ތިކަން ވާންވީ ގޮތަށް