މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ޝަރީއަތް މިލިޓަރީ ކޯޓެއްގައި ކުރިއަށް ގެންގޮސްފާނެ ކަމަށް ވަރަށް ބޮޑަށް ބެލެޥޭ ކަމަށް ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެއްޖެއެވެ.

އެ ޝަރީއަތް ކުރިއަށް ގެންްދަނީ މިދިޔަ މަހު ޕާކިސްތާނުގެ މިލިޓަރީ އަދި މަދަނީ ތަންތަނަށް ދިން ހަމަލާގައި އިމްރާން ހާންގެ ވައިވެރިވުން އޮތް ކަމަށް ބެލެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަަލަ އަދި ހުށަހަޅާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ވިދާޅުވީ މޭ މަހު ދިން ހަމަލާތަކުގައި އިމްރާންގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އެގޮތުން އިމްރާން ހާންގެ ޓުވީޓުތަކުން އެކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

މޭ މަހު އެކި ތަންތަނަށް ހަމަލާ ދިނުމުގައި އުޅުނީ އިމްރާން ހާންގެ ޕާޓީ ޕާކިސްތާން ތަހުރީކޭ އިންސާފްގެ ސަފޯޓަރުންނެވެ. އެއާއެކު އެ ޕާޓީއަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރުތަކާ ކުރިމަތިވެފައެވެ.

ސަޕޯޓަރުން އެކި ތަންތަނަަށް ގެއްލުން ދޭން ފެށީ އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވައި، އަވަސް އިންތިޚާބަކަށް ގޮވާލައްވައި މުޒާހަރާތައް ކުރައްވަމުންނެވެ.

ޕާކިސްތާނުގެ ފުލުހުން އިމްރާން ހައްޔަރުކޮށްފައި ހުއްޓައި، އެ ގައުމުގެ ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިމްރާން ޚާން ވަނީ މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްކާ

    ރާއްޖޭގަ ހުރި ޕާކިސްތާން އެމްބަސީ ބަދަލްކުރަން ފެނޭ. އެތާގެ ވެރިކަން ކުރަނީ މާފިއާއިން. ދުނިޔޭގަ އޮތް އެއްމެ އަނިޔާވެރި ގައުމު، ކުށަކާ ނުލާ މީހުން މަރަމުންދާ ބައެއް. އަންހެނުންގެ އިއްފަތްތެރިކަން ފޭރޭބައެއް. މިލިޓަރީ މާފިއާއެއް އޮތްތަނެއް.