ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ދިލް ދަޅަކްނޭދޯ'' ގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ބައްޕަގެ ރޯލު ކުޅުމަށް ބޮލީވުޑުގެ ''ފޮރއެވަރ ޔަންގް'' އެކްޓަރ އަނިލް ކަޕޫރު އެންމެ ފުރަތަމަ ދެކޮޅު ހެދިއެވެ.

ޕްރިޔަންކާ ބައްޕަގެ ރޯލު ކުޅުމަށް ފުރަތަމަ ހުށަހެޅުމުން ބޮލީވުޑުގެ ''ޗަކާސް'' އެކްޓަރ އަނިލް ކަޕޫރު ބުނެފައިވަނީ އޭނާ ޕްރިޔަންކާގެ ބައްޕަގެ ރޯލު ކުޅުމަށް އެކަށީގެން ނުވާ ކަމަށެވެ. އޭނާއަކީ އަދި ވެސް ޕްރިޔަންކާއާއި އެކު ލޯބީގެ ރޯލުތައް ކުޅެވޭނެ ފަދަ މީހެއް ކަމަށެވެ.

މި ރޯލާއި މެދު ދެ ވިސްނުމެއްގައި ހުރި އަނިލް ކަޕޫރަށް އޭނާގެ ދަރިފުޅު ހަރްޝް ވަރްދަން ކަޕޫރު ވެސް ވިސްނައިދިން ކަމަށް އަނިލް ކަޕޫރު ބުނެފައިވެއެވެ.

''ހަރްޝް އަހަރެންގެ ގާތު ބުނީ އަސްލު އަހަރެންނަކީ ޕްރިޔަންކާގެ ބައްޕަ ނޫނޭ. އަހަރެން ހަމައެކަނި ޖެހޭނީ އެ ރޯލު ކުޅެން'' އަނިލް ކަޕޫރު ބުނެފައިވެއެވެ.

މިފަދަ ހާލަތްތަކުގައި މިކަހަލަ ވިސްނުންތެރި މީހުންގެ ލަފާއާއި އިރުޝާދު ބޭނުންވާނެ ކަމަށް ބުނަމުން އަނިލް ކަޕޫރު ބުނެފައިވަނީ އެންމެ ފަހުން އޭނާ އެ ރޯލު ކުޅެން އެއްބަސްވީ ކަމަށެވެ.

އެކްޓަރެއްގެ ހައިޞިއްޔަތުން އަނިލް ކަޕޫރަކީ ވަރަށް ހިތްވަރުގަދަ ކެރޭ މީހެއް ކަމަށް އެއްބަސްވަމުން ބުނެފައިވަނީ ކުރީގައި އޭނާ ވަނީ އެއަށްވުރެ މުސްކުޅި މީހުންގެ ރޯލުތައް ވެސް ކުޅެފައި ކަމަށެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު އަނިލް ކަޕޫރު މިހާރު ކުޅެމުންދަނީ ނެޓްފްލިކްސްއިން ދައްކަމުންދާ ވިކްރަމް އާދިތްޔާ މޮޓްވާނެ ޑައިރެކްޓް ކޮށްފައިވާ ބިރުވެރި މަޖާ ފިލުމެއް ކަމަށްވާ އޭކޭ ވަރސަސް އޭކޭއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    އެއީ ޕްރިޔަންކާއައްވުރެ އަނިލް ކަޕޫރު ޒުވާންވެފަ ރީތި ވީމަ.

    14
    1