އަލަށް ކައިވެނިކުރި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަށް، އަންހެން ކުއްޖާގެ ބައްޕަގެ ފަރާތުން ވިހަގަދަ ހަރުފަތަކެއް ދީފިއެވެ. މި ހަރުފަތައް ދީފައިވަނީ ހަދިޔާއެއްގެ ގޮތުގައިކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިޔާގެ ރަށްފުށުގެ އަވަށެއްގައި މިކަން ހިނގާފައިވާއިރު، މިއީ އެއަވަށުގައި އާދަކާދައިގެ ގޮތުން ކޮށް އުޅޭ ކަމެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގޯރިޔާ ނަމަކަށް ކިޔާ ދަރިކޮޅެއްގެ މީހުން އުޅޭ މޮ އަވަށުގައި މިކަން ކޮށްފައިވާއިރު، އެންމެ ފަހުން ކައިވެނިކުރި މީހާއަށް، އޭނާގެ ބަފައިބެގެ ފަރާތުން ދީފައިވަނީ 21 ހަރުފަކަމަށްވެއެވެ.

"ޕެޓްރިކާ" ނަމަކަށް ކިޔާ ނޫހަކުން ބުނެފައިވާ ގޮތުގައި ގޯރިޔާ ދަރިކޮޅުގެ މީހުން ގަބޫލުކުރާ ގޮތުގައި ހަރުފައަކީ ކައިވެނީގެ ގޮށުގެ ވަރުގަދަކަން އިތުރުކޮށްދޭ ކަމެކެވެ.

ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި އުޅޭ މީހުން އަދި ވަކީން ޚާއްޞަކޮށް އަވަށްޓެރި އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި، މިފަދަ ޚިޔާލީ އަދި ހަޤީޤަތެއް އެކުލެވިގެން ނުވާ ކަންކަން ޤަބޫލު ކުރުމަކީ އާއްމު ކަމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު