ބައެއް ފަހަރަށް އަހަރެމެންނަށް ފެންނަ މަންޒަރުތަކުން އަސްލު މަންޒަރު ނޫން ކަންތައްތައް ވެސް ސިފަވެއެވެ. އަދި މިފަދަ ސިފަކުރުން ތަކަކީ ސިކުނޑިއާއި ލޮލުގެ ގުޅުންތައް ކުޑަކޮށްދޭ ފަދަ ކަމެކެެވެ. ނަމަވެސް މިއީ ކޮށްލަން ވަރަށް މަޖާ ގޭމެއްގެ ގޮތުގައި ވެސް ބައެއް މީހުން ކުޅެމުން އަންނަ ގޭމެކެވެ.

މިސާލުކަށް މި ފޮޓޯއަށް ބަލައިލާށެވެ. މި ފޮޓޯ ފުރަތަމަ ފެނުމުން ސިފަވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ޓްވިޓާގައި ހަލުވި ކަމާއި އެކު ދައުރުވަމުންދާ މި ފޮޓޯއިން ސިފަވަނީ މީހަކު ޖަންގައްޔެއްގެ ތެރެއަށް ވަދެގެންދާ މަންޒަރު ހެއްޔެވެ؟ ނުވަތަ ކަޅު ކުލައިގެ ކުއްތާއެއް ދުވެފައި އަންނަ މަންޒަރު ހެއްޔެވެ؟

މި ފޮޓޯ އެންމެ ފުރަތަމަ ފެންނަ އިރު ނުވަތަ ކުޑަކޮށް މި ފޮޓޯ ފެންނައިރު ވެސް ފުރަތަމަ ފެނުމުން ހީވާނީ މީހަކު ދުވެފައި ސުނޯ ޖަންގައްޔަކަށް ވަދެގެންދާަހެނެވެ. މިއީ ގިނަ މީހުންނަށް މި ފޮޓޯ ފެންނައިރު ހީވާން ގޮޮތެވެ.

ނަމަވެސް އަދި އެއްފަހަރު ފޮޓޯއަށް ރަނގަޅަށް ފަރުވާތެރިކަމާއި އެކު ބަލައިލުމުން ސިފަވެގެންދާނީ އަދި ފެންނާނީ ވެސް މުޅިން ތަފާތު މަންޒަރެކެވެ. މީހަކު ޖަންގަލީގެ ތެރެއަށް ވަދެގެންދާަ މަންޒަރުގެ ބަދަލުގައި ފެނިގެންދާނީ ކަޅު ކުލައިގެ ކުއްތާއެއް ކެމެރާއާއި ދިމާއަށް ހިނގާލާފައި އަންނަ މަންޒަރެވެ.

ހަލުވިކަމާއިއެކު ޓްވިޓާގައި ދައުރުވާ މި ފޮޓޯ ފެނުނު ގިނަ މީހުން ބުނެފައިވަނީ މީހަކު ޖަންގައްޔެއްގެ ތެރެއަށް ވަދެގެންދ ގޮތަށް ފެނުނު ކަމަށާއި އެމީހުންގެ ލޮލަށް ވެސް އޮޅުނު ކަމަށެވެ.

މިފަދަ އެކި ފޮޓޯތައް ވަރަށް ގިނައިން މީސް މީޑިއާގައި ދައުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔުންތެރިއެއް

    އަޅުގަނޑަށްވ ޞިފަވީ ވަޤުތު ނޫސް

    10
    4
  2. ރާފިޢު

    މިވައްތަރީ މަރާއްޖެޔަށް ޑިމޮކްރަސީ ގެންނަން ޢުޅޭ މީހާޔާ

    8
    1
  3. ސޮރީ

    ނުފެނޭ ކުއްތާއެއް

  4. ޕޮފް

    އަޅުގަނޑަށް ވައްތަރުވޭ މީހަކު ޖަނަވާރުން ހަދާފައި އިން ބޭގެެއް އަޅއިގެން ދުވާ ގޮތައްވެސް