އެމެރިކާގެ އަންހެނުންގެ ޑޮކްޓަރެއްގެ އޮފީހުގައި މަސައްކަތް ކުރާ ފަސް މުވައްޒަފުން ވެސް އެއްފަހަރާ ބަނޑުބޮޑުވެއްޖެއެވެ. ފަސް އަންހެނުން ކުރިއަށް އޮތް ހަމަސް ދުވަސްތެރޭގައި އެކި ތާރީޚްތަކުގައި ވިހާނެއެވެ.
އެކުގައި މަސައްކަތް ކުރާ ޖެސިކާ މައިލްކާރެކް އާއި، އަންނި ޕްޓޮކާރެރޯ އާއި، މޭގަން ކެއިލް އާއި، ކެތީ ކުރެގާ އަދި ސްޓަފަނީ ހޯލްޓް އަކީ އޮހާއޯގެ ފްރެންކްލިން ޕެޑިއާޓްރިކްސްގައި މަސައްކަތް ކުރާ ފަސް މުވައްޒަފުންނެވެ.
ބަނޑުބޮޑުވެފައިވާ މުވައްޒަފުންގެ ތެރެއިން ފްރަންޓް އޮފީސް މުވައްޒަފެއް ކަމަށްވާ ޖެސިކާ ބުނީ އެކުގައި އުޅޭ ހުރިހާ މުވައްޒަފުން ބަނޑުބޮޑުވެފައި ވުމުން ވަރަށް ތަފާތު މަޖާ އިހްސާސްއެއް ކުރެވޭ ކަމަށެވެ. އޭނާ ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ނަރުހެއް ކަމަށްވާ ޕްޓޮކާރެރޯ ޖުލައި 16 ގައި ވިހާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވާއިރު މެޑިކަލް އެސިސްޓެންޓެއް ކަމަށްވާ ކެއިލް ވެސް ޖުލައި މަހު ވިހާނެއެވެ. ފްރަންޓް އޮފީސް މުވައްޒަފެއް ކަމަށްވާ ކެތީ ވިހާނެ ކަމަށް ބުނަނީ ސެޕްޓެމްބަރ މަހު އެވެ. އިތުރު ފްރަންޓް އޮފީސް މުވައްޒަފެއް ކަމަށްވާ ހޯލްޓް ވިހާނެ ކަމަށް ޑޮކްޓަރު ބުނަނީ ނޮވެމްބަރ 15 ވަނަ ދުވަހު އެވެ.
ހުރިހާ މުވައްޒަފުން ވެސް ބުނީ އެމީހުން އެންމެން ވެސް ކުރިން ފެށިގެން ވަޒީފާ އަދާކުރަމުން އައީ އާއިލާއެއްގެ ގޮތުގައި ކަމަށާއި މިއީ އެއް އާއިލާއެއް ކަމުގެ އިހްސާސް މިހާރު މާބޮޑަށް ކުރެވޭ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށް ވެސް އެކަކު އަނެކެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް މުވައްޒަފުން ބުންޏެވެ.
ހުރިހާ މުވައްޒަފުން ގާތްގާތުގައި ބަނޑުބޮޑުވެ، ވިހަން ތައްޔާރުވެފައިވުމަކީ އިއްތިފާގެކެވެ. އެކަމުގައި އިތުރު ހާއްސަ އެއްވެސް ކަމެއް ނެތެވެ.
އަންނިވެސް ބަނޑުބޮޑުވީ.....؟ އެހެންނޭވާނީ އެހެން ތެޅިއަރުވަންޏާ.
ހާހާހާހާހާހާހާހާހާހާހާހާހާ!!!!!!!!!!!!!!!!!!!!!!!!
ވަގުތު ހަބަރު އަދި ތަންކޮޅެއް އާ ކަންނޭގެ މިކަމަށް އަހަރުން އޮފީހުގަވެސް 5 މުވައްޒިފުން އެކީ ބަނޑުބޮޑުވި އެކަމު ހަބަރުގަ ނުޖަހާ.
އަނެއްކާ މާމިގިލީ ދާއިރާގެ މެމްބަރ ވެސް އުޅެނީ ތިޔަ އޮފީހުގައި ތަ.. ވެދާނެ ވެރިކަން ނުލިބުނީ މާ ތިޔަ އޮފީހަށް ދިޔައީ ކަމަށް...
ބޮސް ބަރާބަރު ހުންނަނީ...ބަކަރި ކޮންމައްސަލަ ތިބޭ..
އަންހެން ޑޮކްގެ ބޯއި ފްރެންޑަށް ސަލާމް ބުނެލާތި. ބުނަން މުޑުވަތް ހެޔޮ ދަރިއެއް!
ވީމާ ތި އޮފީހުގައި ހާދަ ބޮޑު ޖަރީމާއެއް ހިންގާފިތާ!
އަނެއްކާ ވިހާ ކުދިންގެ ބައްޕަ އެކަކަށް ނުވާނެބާ. މި ބުނީ ބޮސް