ބޭނުންވާ ތަކެތި:

  • 1 1/2 ޖޯޑު ހަކުރު
  • 2 މސ ޒުވާރި ފުށް
  • 3މސ ގޮދަން ފުށްް
  • 1 ޖޯޑު ކްރީމް ޗީޒް
  • 1/2 ޖޯޑު ކާޑް ޗީޒް
  • 1/2 ޖޯޑު ބަޓާރ
  • 4 ބިސް
  • 1 1/2 ލުނބޯ ޖޫސް
  • 1ސސ ވެނީލާ އެސެންސް

ކޭކް ފިހުމަށް ބޭނުން ކުރާ ތަށީގައި ރަނގަޅަށް ބަޓަރ ހާކާލާށެވެ. ފުށް ، ޒުވާރި ފުށް އަދި ހަކުރު ކޮޅު ރަނގަޅަށް އެއްކޮއްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

މަޑުކޮއްފައި ހުރި ބަޓަރ ތެރެއަށް ކްރީމް ޗީޒް އާއި ކާޑް ޗީޒް އެޅުމަށްފަހު ރަނގަޅަށް އެއްކޮއްލުމަށްފަހު މަޑުވަންދެން މިކްސްޗަރުގައި ގިރާލާށެވެ.ދެން އޭގެ ފަހުގައި މަޑުމަޑުން ބަހައްޓާފައި ހުރި ހަކުރުކޮޅުއަޅަމުން ގޮސް ރަނގަޅަށް އެއްކޮއްލާށެވެ. ދެން ބިސްތަށް އޭގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

އަވަން 350 ޑިގްރީއަށް ހޫނުކޮށްލުމަށްފަހު ތައްޔާރު ކުރެވިފައިވާ ތައްޓަށް އަޅާލުމަށްފަހު 1 ގަޑި އިރާ 10 މިނިޓް ވަންދެން ކޭކް ފިހެލާށެވެ.

އަވަން ނިއްވާލުމަށް ފަހު ކޭކް އަވަން ތެރޭގައި 2 ގަޑި އިރު ހިހޫވަންދެން ބަހައްޓާށެވެ.

އޭގެ ފަހުގައި 4 ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ.