ބޭނުންވާ ތަކެތި

އަލުވި
300ގ މީޓް ސޯސް
210ގ ޗީޒް ގާނާފައި
1 ބޮނޑި ބޭބީ ސްޕިނަޗް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އަލުވިތައް ފޮތި ފޮތިކޮށް ކޮށާލާށެވެ.

އެއަށްފަހު ޓްރޭގެ އެންމެ ތިރިއަށް މީޓް ސޯސްކޮޅެއް އެޅުމަށްފަހު އަލުވި، ދެން ބޭބީ ސްޕިނަޖް އާއި ޗީޒް އަޅާށެވެ. މިގޮތަށް އިތުރު 2 ލެޔާ ހެދުމަށްފަހު 200 ޑިގްރީގައި 20 މިނެޓް ފިހެލުމުން ޕޮޓޭޓޯ ލަޒާގްނިޔާ ތައްޔާރުވީ އެވެ.