އިންޑިއާ އަކީ ވަރަށް ތަފާތު ޝައުގުވެރި ކަންކަން ކުރާ މީހުން އުޅޭ ތަނެެވެ. ބައެއް ފަހަރު ހީ ނުކުރާ ކަހަލަ ބޮޑެތި ނިންމުންތައް މީހުން ނިންމާލަނީ ވަރަށް އާދައިގެން ކަންކަމާ ގުޅިގެންނެވެ. އިންޑިއާގައި މި ހަފްތާގައި މީހުންގެ ސަމާލުކަން ހޯދި އެއްކަމަކީ މީހަކު ހެލިކޮޕްޓަރެއް ގަތް ސަބަބެވެ. އިންޑިއާ މީހަކު ހެލިކަޕްޓަރެއް ގަތީ ހީވެސް ނުކުރާ ކަހަލަ މަސައްކަތެއް ކުރުމަށެވެ.

ޖަނަރްދަން ބޮއިރު ކިޔާ އިންޑިއާގެ މީހަކު ހެލިކޮޕްޓަރެއް ގަނެފައި ވަނީ 30 ކްރޯޑް ރުޕީޒް އަށެވެ. އޭނާ ހެލިކޮޕްޓަރު ގަތީ ދާދި ފަހުން ފެށި ކިރު ވިއްކުމުގެ ވިޔަފާރި ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ކިރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ޕަންޖާބް، ހަރިޔާނާ، ރާޖިސްތާން އަދި ގުޖުރާތް އަށް ވަރަށް ގިނައިން ދަތުރުކުރަން ޖެހެއެވެ.

ނަމަވެސް އެ ހުރިހާ ސިޓީ އަކު އެއާޕޯޓެއް ނުހުރެއެެވެ. އެއްގަމު މަގުން ދަތުރުކުރަން ޖެހުމުން ޖަނަރްދަން އަށް ދަަތުުރުފަތުރުކުރުމުގައި އެތައް ގަޑި އިރެއް ހޭދަކުރަން ޖެހެއެވެ. އެހެެންކަމުން ހެލިކޮޕްޓަރެއް ގަތީ ކިރު ވިއްކަން ކުރާ ދަތުރުތައް ފަސޭހަކުރަން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނީ ހެލިކޮޕްޓަރު ގަންނަން އިރުޝާދު ދީނީ އޭނާގެ ރަހުމަތްތެރިއެއް ކަމަށެވެ.

" ވަރަށް ގިނަ ވަގުތު މަގުމަތީ ހޭދަވުމުން ހަކަތަ ގެއްލެނީ. ކިރު ވިއްކިޔަސް އެ ކޮލިޓީގައި ރަނގަޅަށް ވިއްކަން އަހަރެން ހަމަޖެހިގެންް ހުރުންވެސް ވަރަށް މުހިންމު." އޭނާ ބުންޏެވެ.

ދަނޑު ބަލަހައްޓަމުން، ކިރުގެ ވިޔަފާރި ކުރާ އިރު ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކު ދަތުރު ކުރެވުމަކީ ހަމަޖެހިގެން އޭނާގެ ވިޔަފާރި ކުރިއަރުވަން ލިބުނު ފުރުސަތެއް ކަމަށް ވެސް ޖަނަރްދަން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެ

    ދިވެހި ސަރުކާރައް ވުރެ މީނަ ކިރު ވިެއްކައިގެން ލިބޭ ލާރި ގިނަ.

    24
  2. ާއައްޑޫ އަފީފު

    ޢަނެއްކާ އިންޑި ސިފައުން ތި ބަލަހައްޓަ ދޭން ނުޖެހޭތަ

    13
  3. ބއްޅަ

    ތިޔާ ބަލަން ސޮނި ބުއްޅަ އާ ނޫނީ އިންޑިޔާސިފައިންނާ ހާވާލުކުރޭ އަވަހައް

  4. ނަސްރު

    ކީއްވާނީ މަސްބާނަންވެސް ހެލިކޮޕްޓަރެއް ގެނައިޔާ.