ބޮލީވުޑްގެ ކުޅަދާނަ ތަރި ރަންވީރު ސިންގްގެ މާމަ މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރުގެ މާމަ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މަރުވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހުގައި ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

މާމަގެ މަރާއި ގުޅިގެން ރަންވީރު ވަނީ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ޝޫޓިންގްތަށް ކެންސަލް ކުރުމަށްފަހު އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް ގޮސްފައެވެ.

ރަންވީރުގެ މާމަގެ މަރާއި އެކު ސިންގް އާއިލާއަށް ބޮޑު ސިހުމެއް ލިބިފައިވާއިރު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ރަންވީރު ބުނެފައިވަނީ މާމައަކީ އޭނާގެ ހުރިހާވެސް އެއްޗެއް ކަމަށާއި މާމައަށް ދެވިފައިވަނީ ވަރަށް ހާއްސަ ލޯތްބެއް ކަމަށެވެ.

" މާމައަކީ އަހަރެންގެ ހުރިހާވެސް މީހަކީ. މާމަ ވަރަށް ލޯބިވާނެ އަހަރެން ދެކެ. އަބަދުވެސް ވަރަށް ސަކަރާތް ޖަހާނެ. ގެއްލިގެން އެދިޔައީ އަހަރެން އެންމެ ލޯބިވާ އެކަކު " އަސަރާއި އެކު ރަންވީރު ބުނެފައިވެއެވެ.

ރަންވީރުގެ މާމަ މަރުވި އިރު އޭނާ ދަނީ ޒޯޔާ އަކްތަރުގެ ގުލީ ބޯއީގެ މަސައްކަތް ކުރަމުންނެވެ. އަދި މާމަ މަރާއި އެކު އެ ފިލްމުގެ ޝޫޓިންތަށް ފަސްކޮށްފައިވާއިރު އެ ފިލްމު ރިލީސް ކުރާ ތާރީހު ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.