ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ)ގެ ކައިވެނީގެ ޚަބަރަކީ މި ދެ ދުވަހު އެންމެ ހޫނުކޮށް މީސްމީޑިއާގައި ދެކެވޭ ވާހަކައެވެ. އިއްޔެ ވަނީ ކައިވެނިކޮށްފައި ވާއިރު އެ ދެ މީހުންގެ ކައިވެނި ކޮށްފައި ވަނީ ރީތި ތާރީހެއްގައެވެ. އެ ތާރީޚަކީ 21-2-21 އެވެ. އެކަމަކުު އެއީ މި ކައިވެނީގެ ހަމައެކަނި ޚާއްސަ ކަމެއް ނޫނެވެ.

ކައިވެނީގެ ހެދުން ޝިދާތާ އަމިއްލަ އަށް ފެހުން ފަދަ ޚާއްސަ ކަންތައްތަކެއް އެ ދެމީހުންގެ ކައިވެނީގެ ހަފްލާގެ ތެރެއިން ފެނުނެވެ. އެ ދެމީހުންގެ ކައިވެނީގެ ހަފްލާއާ ގުޅިގެން ބޭއްވި ސަޔަކީ ގާތް މީހުންނާއި މަދު އެކުވެރިންތަަކަކާއި އެކު ބޭއްވި ސާދާ ހަފްލާއެެވެ. އެ ފޮޓޯތައް އާއި ވީޑިއޯތައް މިހާރު މީސް މީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯތަކުގެ ތެރެއިން ފެންނަ އެއް ވީޑިއޯއަކީ ޝިދާތާ މާބޮނޑި އެއްލާ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެންނަނީ ޝިދާތާ މާބޮނޑި އެއްލާ އިރު ފަަހަތުގައި ލައިނަކަށް ހުސްހަށިބައިކޮށް ތިބި ބައެއް އަންހެންވެރިން އެތުރިލައިގެެން ތިބި ތަނެވެ. މިއީ މިހާރު ރާއްޖޭގައި ވެސް ޒުވާން އުމުރުގެ ކުދިން ކައިވެނި ކުރާ އިރު ވަރަށް ގިނައިން ކޮށް އުޅޭ ކަމެކެެވެ. އެއީ އެ މަބޮނޑި ހިފޭ މީހާ އަކީ ދެން އެންމެ އަވަހަށް ކައިވެނި ކުރާނެ މީހާ ކަމަށް ބަލާ، ސަމާސާ އަކަށް ކުރާ ކަމެކެވެ.

އެ ވީޑިއޯއިން ދެ ފަހަރަކު ޝިދާތާ އޭނާގެ ކައިވެނީގެ މާބޮނޑި އެއްލާ މަންޒަރުފެނެއެވެ. އެހެންނަމަވެސް އެ މާބޮނޑި ހިފެނީ ކާކަށް ކަމެއް ސާފެއް ނޫނެވެ. ބެލެވެނީ އެއީ އެ ހަފްލާ އަށް ދިޔަ ފިލްމީ ދާއިރާގެ މީހެއް ކަމަށެވެ.

މި ވީޑިއޯ އާއި މެދު މައުލޫމާތު ހޯދުމަށް ގުޅާލުމުން ޝިދާތާ ވިދާޅުވީ އެކަމާއި މެދު ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

ޝިދާތާ އާއި ޒިޔާ ކައިވެންޏަށް ހާއްސަކޮށް ބޮޑު ހަފްލާއެއް ނުބާއްވައެވެ. ހާއްސަކޮށް ކޮވިޑްގެ މި ދުވަސްވަރު ހަފްލާތައް ބާއްވަން މަނާކޮށްފައިވާއިރު، ހަމައެކަނި އާއިލާ މީހުންނަށް ބޭއްވީ ސަޔެކެވެ.

އިއްޔެ ޝިދާތާ އާއި ޒިޔާ ކައިވެނި ކުރީ ފެމިލީ ކޯޓުގަ އެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަޝްފިން

    އަދާލަތާއި އަދާލަތުގެ މެމްބަރުންނައް ވީޑިއޯއިން އެ ފެންނަ މަންޒަރު ކަމުދޭތޯ.؟

    101
    3
  2. ލޯބި އަދާލަތް

    އަހަ މީ ހަމަ އަދާލަތުޕާޓީގެ ސިދާތާ؟ މީތޯ އިސްލާމީ ވަރުގަދަ ސަހުސިއްޔަތުންގެ އަނބި އަނބި ކަނބަލުން ދެއްކެވި ނަމޫނާއަކީ؟ މީ ފަރަންޖީން ކުރާކަންކަން! ކޮބާ އިމްރާނު؟

    115
    3
  3. ޟނ

    ކޮބާ މައްސަލައަކީ ހާދަ ފޯރި އެކޭދޯ؟

    14
    52
  4. އިބިރިހި މާ

    ހަނީ މޫނު ވެސް ވަރަށް އަވަހަށް މި ނޫހަށް އަންނަނީ! އިންތިޒާރުކޮށްލައްވާ

    60
    2
  5. އުޙްތާ

    ސިދާތާޔާ ދޭތެރޭ ހަމްދަރުދީވަން

    53
    4
  6. ޖޮނަތަން

    ވަރުގަދަ ޝިދާތާއެއްދޯ؟

    53
    2
  7. އިމްރާނު

    ޖަހާލަތު ޕާޓީދޯ

    50
  8. ނަގުލު ފިއްތި

    ހަސަދަވެރިވިޔަސް ަމިތާ ކޮމެންޓް ކުރާ މީހުން ނުވާނެ ވަކި ރޮނގަކުނޫން ހުރިހާ ރޮނގަކުންވެސް ޝިދާތާ އައް ފާޑު ކިޔޭ ވަރުމީހެއް ނެއް. ފުރަތަމަ އަމިއްލަ ނަފްސް ޠާޙިރު ކޮށްބަލަ

    14
    39
  9. ދާދީ123

    ތީ ކްރިސްޓިޔަނުންގެ ކައިވެނިތަކުގައި ކޮށްއުޅޭ ކަމެއް

    68
    2
  10. ސަމިރާ

    ޙޫން އަޅުގަނޑުގެ ފްރައިޑޭ... ކްރިސްޓިއަނުންކުރާ ހުރިހާ ކަމެއް އެބަކުރޭ. ދެން އަނެއްކާވެސް ޗިދާތާފެ ތަފާތު ވާހަކައެކޭ ކިޔާފަ އިވޭނީ ފިލްމަކަށް ސޮއިކުރި ވާހަކަ ނޫނީ ލަވައެއް ކުޅުނު ވާހަކަ ކަންނޭގެ ދެމީހުން އެކިގަ😏

    45
    4
  11. އަހުމަދު56453

    ކޮބާ އަދާލަތުގެ ސޭހުން. މިއީ ޢައިރުމުސްލިމުން ހެޔޮ ފާލަކަށް ކޮށް އުޅޭ ސީދާ ވެސްޓަން ރިޗުއަލިސްޓިކް ކަސްޓަމެއް. އަދާލަތު ސޭހުންނާއި އެމީހުން ގެންގުޅޭ ބޮޓުން އުޅެނީ އުޅޭނެ ގޮތަކަށް. އެހެން ބަޔަކު ކިރިޔާވެސް މަގުން ކައްސާލާއިރަށް އެއަށްވުރެ ލާދީނީ ބަޔަކު ނުތިބޭނެ. ފުރަތަމަ އަދާލަތު ސޭހުން އަމިއްލަފުޅަށް އިސްލާހުވެލައްވާ

    33
  12. Anonymous

    އެއްވެސް މީހެއްގެ ޒާތީ ކަންކަމާއި ނުބެހެމާތޯ.
    މުސްލިމުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި މީހަކަށް ނިޢުމަތެއް ލިބުމުން ޙަސަދަވެރި ވުމުގެ ބަދަލުގައި ހެޔޮދުޢާ ކޮށްލަދެމާ. ތިބާއަށް ﷲ ރަޙްމަތް ލައްވާނެ

    38
    9
  13. ޕިޔާރު ކޭ ދޯ ޕަލް

    ވަރަށް ރޮމެންޓި ކު ދޯ؟

    18
    6
  14. ޙުހު

    ތިއީ ކްރިސްޓިއަނުން ކުރަންފެށިކަމެއް.

    17
  15. ޙޖ

    މި ވަގުތު މީ ހަމަ ސީދާ ޔަހޫދީ ނޫސްވެރިކަން ކުރާ ބައެއް. ފިތުނައާ ފާސާދަ ނުން ކަމެއް މިމީހުން ނުފަތުރާ.

    6
    4
  16. ކުނބު

    ދީނީ ޕާޓީމީހުންނަށް ގޯސްވާނީ ބިދުއަވެސް ވާނީ ރަސޫލާގެ އީދުމީލާދު

    11
  17. Happy

    ކިހާވަރަކުން ދާނެބާ!

    10
  18. ޞުުމޮ

    ޕާޓީ ހުއްތުވި ތޯ

  19. ޙަނީފް

    ކައިވެނިކޮށްފައި މާބޮނޑި ފުރަގަހަށްހުރެ އެއްލީމާ މާބޮނޑި ހިފިމީހަކީ ނަޞީބުވެރިއެއްގެގޮތުގައި ފާދިރީންގެ ދީނުގައި އޮވޭ! ވަރަށްގިނަ ފައްޅި ކައިވެނިތަކުގައި ތިކަން އޮވޭ! ވީމާ ސިދާތާގެ ތިޔަ ޢަމަލަކީ މުސްލިމުންނާ ބީރައްޓެހި ޣައިރު މުސްލިމުންގެ ޢމަލެއް!

    21
  20. ލޮލް

    ކޮބައިތަ ތިޔަ އެޗް.ޕީ.އޭ؟؟
    ކައިވެނި ޕާޓީ އެއް ނުބޭއްވޭނެއޭ ކިޔާފަ ސިދާތާ ކައިވެނި ޕާޓީ ބޭއްވީމަ އެޗް.ޕީ.އޭ ބެޑްޝީޓް ދަށައްވަދެ ފިލީތަ؟؟

    18
  21. ޅަބޭ

    އޯއް ސަޅި. މަ ފުރަތަމަ ހީކުރީ އަދާލަތު ޕާޓީގެ ކޮންގުރެސްއެއް ކުރިޔައްދަނީ ކަމައް. ރަގަޅައް ބަލާލީމަ މިއިނގުނީ މީ ކުރިސްޗިއަން ބަޔެއްގެ ކައިވެނި ޕާޓީއެއްކަން.

    15
  22. Anonymous

    ޒުވާން ކުދީން އުޅޭ ގޮތަށް މާގަނޑު އެއްލާ މަޖާކުރަން ތިއީ ތިދެމީހުންގެ އަލަތު ކައިވެނިތޯ؟ހެހެހެ ޒިޔާއަކީ ދެއިރު ދެދަޅަޔަށް ހެދުން ބަދަލު ކުރާހެން ކައިވެނިތައް ކުރަމުން އަންނަ މީހެއް.

    14
  23. އަދާލަތު

    ބޭކާރު ހަބަރު...ތިލަފުށީ ކުނިގޮނޑުގެ ވާހަކަ ވެސް މިއަށްވުރެތާހިރު ވާނެ..

    15
    1
  24. ޯ...

    މުނާފިގުން.

    2
    1
  25. ރަނާ

    އަމިއްލައަށް ހެދުންފެހުމަކީ ޚާއްސަ ކަމެއްބާ ! ފަހަން ދަންނަމީހާ ޚަރަދު ކުޑަކުރުމުގެ ގޮތުން އަމިއްލަ ފެހުމަކީ . ހަމަ އާދައިގެ ގޮތަކަށް ހުރީ .ކްރިސްޓިއަން ވެގެން ވެޑިންގ ޑްރެސް ލާފަ ވަގުތަށް ކިހާވަރެއް ދީގެން ބާ މި އުޅެނީ އެމީހާ ގައިން ނުނެއްޓިގެން