ޗައިނާގެ ކުޑަ ދެކުދިން ކުޅެން ގާފުންޏެއް ކައިރީގައި ތިއްބާ ގާތައް ދެކުދިންގެ ގައިމައްޗަށް ވެއްޓި ދެކުދިން ވަޅުލެވުނު ނަމަވެސް ނަސީބު ރަނގަޅުކަމުން ދެކުދިން ވެސް މަރުނުވެ ސަލާމަތްވެއްޖެއެވެ.

މިހާދިސާ ހިނގީ ޗައިނާގެ އަވަށެއްގެ ކޮންސްޓްރަކްޝަން ސައިޓެއްގައެވެ. އެތަނުގައި މަސައްކަތް ކުރާ އެކުދިންގެ މަންމަ ވެސް ކައިރީގައި ހުއްޓާ ގާފުނި ކުދިންގެ ގައިމައްޗަށް ވެއްޓުމާއި އެކު ކުދިން ސަލާމަތް ކުރަން ފުރަތަމަ މަސައްކަތް ކުރީ މަންމަ އެވެ. ނަމަވެސް މަންމަ އަށް އެކަން ނުވުމުން އެހެން މީހުންގެ އެހީތެރިކަން މަންމަ ވަނީ ހޯދާފައެވެ.

ގިނަ ބައެއްގެ މަސައްކަތުން ދެކުދިން ގާފުނީގެ ތެރެއިން ނެގުމަށް ފަހު ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުދިކުދި އަނިޔާތައް ލިބުން ފިޔަވައި މާބޮޑު ކަމެއް އެއްވެސް ކުއްޖަކަށް ވެފައެއް ނުވެއެވެ.

https://www.youtube.com/watch?v=MRECaxp4Q0g

މިހާދިސާގެ ވީޑިއޯ މީސް މީޑިއާގައި އާންމުވުމުން ވަރަށް ގިނަ ބަޔަކު ދަނީ ވީޑިއޯ ޝެއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު