ދުނިޔޭގައި ބިލިއަނަކަށް ވުރެ ގިނަ މީހުން އައިފޯން ބޭނުންކުރެއެވެ. އޭގެ ތެރޭގައި މަޝްހޫރު އެތައް ބަޔަކު ހިމެނެއެވެ. އެކަމަކު، އައިފޯން ބޭނުން ކުރާ މީހުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ކޯ-ފައުންޑާ އަދި ދުނިޔޭގައި އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްްސް ނުހިމެނެއެވެ.

ކްލަބް ހައުސްއަށް ގޭޓްސް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނީ އައިފޯނު ދޭތެރެ އަކުން ބޭނުންކުރި ނަމަވެސް އާންމުކޮށް ގެންގުޅެނީ އެނަޑްރޮއިޑް ކަމަށެވެ. އެންޑްރޮއިޑް އުފައްްދާ މީހުން މައިކްރޮސޮފްޓް ސޮފްޓްވެއާ ޕްރި އިންސްޓޯލް ކުރެއެވެ. އޭގެ ސަބަބުން ބިލް ގޭޓްސް އަށް ވަރަށް ފަސޭހަވެއެވެ. އޮޕަރޭޝަން ސިސްޓަމަށް ސޮފްޓްވެއާ ކަނެކްޓްވާލެއް ވެސް ފަސޭހަ ކަމަށް އޭނާ ބުންޏެވެ.

ބިލް ގޭޓްސް ބުނި ގޮތުގައި އެންޑްރޮއިޑް ފޯން ގެންގުޅެން އޭނާ އަށް މާ ފަސޭހައެވެ.

އެކަމަކު، ބިލް ގޭޓްސް ފާހަގަ ގޮތުގައި އޭނާގެ ބައިވަރު ރަހުމަތްތެރިން ވެސް ބޭނުން ކުރަނީ އައިފޯނެވެ.

މި އިންޓަވިއު ކުރެވިފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ސަޕޯޓު ނުކުރާ އެޕްލިކޭޝަނެއް ކަމުގައިވާ ކްލަބްހައުސް މެދުވެރި ކޮށެވެ. ކްލަބްހައުސް ބޭނުން ކުރެވޭނީ އައިފޯނު ގެންގުޅޭ މީހުންނަށެވެ.

ކްލަބްހައުސްގެ ކޯ-ފައުންޑާ ބުނެފައިވަނީ އެންޑްރޮއިޑް ފޯނުތަކުން މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ ގޮތަކަށް އެޕްލިކޭޝަން އަޕްޑޭޓް ކުރުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ބަލަގަ މީޚަބަރެއްތަ؟ ޓެކްނިކަލް ގޮތުން އައިފޯނުގެ މައްސަލައެެއް ނުދެއްކުނު. ހަމައެކަނި އޭނައަށް ފަސޭހަވީމަ އެންޑްރޮއިޑް ބޭނުންކުރަނީ.

    12
    • އިބިލީސް

      ދޮގެއް ވާނޫން. އަހަރެން އައިފޯނު ބޭނުންކުރަނީ ރީތި ވީމަ. އިތުރު ކަމެއް އޮވެގެނެއް ނޫން. އެނެއްހެން ހުރިހާ ކަމެއްވެސް ކުރެވޭ. އެކަމަކު އެންޑްރޮއިޑް އަސްލު މާފަސޭހަ.

      6
      1
    • ބިލް ގޭޓް

      ހާދަ އަސަރެއް ކޮއްފައޭ ތިޔަހުރީ . .. .

      1
      3
  2. ޒިމްޒިމް

    ބިލްގޭޓްސްއަށް އައިފޯން އާއި ކުޅެން ނޭނގެންޔަކާ އައިފޯންއެއް ނުގެންގުޅޭނެދޯ؟

    5
    3
  3. Anonymous

    އެންޑްރޮއިޑް ގެންގުޅޭ މީހުން އެބޭނުން ކުރަނީ އަގުބޮޑުވީމަ.
    އައިފޯން ބޭނުން ކުރާ ބައެއް މީހުން އެބަތިބި އަމިއްލަ ކޮޓަރިއެއްނެތި ކޮއްކޮ ނުވަތަބޭބެއާއި އެކު ކޮޓަރި ޝެއަރ ކުރާމީހުން.
    އަމިއްލަ ސައިކަލެއްނެތް މީހުން.
    ހުރިހާވެސް ކަމަކީ ލޯބިވާ ކުއްޖަކަށް ގައިގަ ނެތް ފެންވަރު ދެއްކުން.
    ނަމަވެސް މުއްސަނދި ފޯރާ މީހުން އައިފޯން ބޭނުން ނުކުރެއެކޭ ނޫން މިބުނަނީ.

    2
    1
  4. ނޯ ވޭ

    އެމީހަކު ބޭނުން ފޯނެއް އެމީހަކަށް ގެންގުޅެވޭނެ. ތަނަވަސްކަމަކީ ހޯދީމަ ލިބޭކަމެށް. އެކަން
    ދެއްވަވަނީ އެފަރާތުން.