ބޮލީވުޑުގެ ބަތަލާ އަނުޝްކާ ޝަރުމާއާއި ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މި އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. މި ލިބުނު އަންހެން ދަރިފުޅު ވަމިކާ ވަނީ މީސް މީޑިއާ އަދި ޕަޕަރާޒީންނާއި ދުރުކޮށްފައެވެ.

ވަމިކާ ދެކިލުމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ މި ދުވަސްވަރު އާއްމުވެފައިވަނީ ޚުދު އަނުޝްކާ ޝަރުމާގެ ކުޑައިރުގެ ފޮޓޯއެކެވެ. މި ފޮޓޯއަކީ 2016 ވަނަ އަހަރު އަނުޝްކާގެ އިންސްޓަގުރާމު އެކައުންޓުގައި އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯއެކެވެ.

މި ފޮޓޯގައި އަނުޝްކާ ފެންނަނީ ހިލް ސްޓޭޝަނަށް އާއިލާއާއި އެކު ކުރި ދަތުރެއްގައި އާއިލާގެ ކުޑަ ތިން މެމްބަރަކާއި އެކު އިށީނދެލައިގެން އިންނަ މަންޒަރެވެ. މި ފޮޓޯ ހިއްސާކޮށް އަނުޝްކާ ބުނެފައިވަނީ ހުރިހާ ކަމެއް ފެށިފައިވަނީ ކުޑައިރު ކަމަށާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލުވާނުލުމަށެވެ. އަދި މި ފޮޓޯގައި އަނުޝްކާ ލައިގެން ހުރި ހެދުމަކީ އޭނާގެ މަންމަ ތައްޔާރު ކޮށްފައިވާ ހެދުމެއް ކަމަށް ވެސް މި ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

އަނުޝްކާގެ ތިން ބޭބެއިން ކޮޅަށް ތިބިއިރު އަނުޝްކާ އިންނަނީ އިށީނދެލައިގެން ބޮލުގެ އިސްތަށިގަނޑު ވެސް ނިއުޅާލައިގެންނެވެ. މި ފޮޓޯގައި ކުޑަކުޑަ އަނުޝްކާ ވަރަށް ވެސް ލޯތްބެވެ.

މިހާރު ދަރިފުޅާއި އެކު ހުރިހާ ވަގުތެއް ހޭދަ ކުރަމުންދާ އަނުޝްކާ އޭނާގެ އާއިލީ ފޮޓޯއެއް ހިއްސާ ކޮށްފައިވެއެވެ. ވިހެއުމަށްފަހު ގެއަށް ބަދަލުވެ މާގިނަ ދުވަހެއް ނުވެ ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ދަރިފުޅު ވަމިކާއާއި ފިރިމީހާ ވިރާޓްއާއި އެކު ނަގާފައިވާ ފޮޓޯއެއް އަނުޝްކާ ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.