ޖަޕާނުގެ މަހުޖަނަކު އޭނާ އާއި އެކު ހަނދު ވަށައިގެން ބުރެއް ޖަހާލަން ދާނެ އަށް މީހުން ހޯދަން އިއުލާނު ކޮށްފިއެވެ. މި ދަތުރު ދާން އިއުލާނު ކޮށްފައި ވަނީ 2023 ވަނަ އަހަރު އެލަން މަސްކް އާއި އެކު ސްޕޭސް އެކްސް ގައެވެ.

އޭނާ ބުނެފައިވަނީ މި ދަތުރުގައި ފުރުސަތު ދޭން ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންގެ ތެރެއިން ދާން ބޭނުންވާ މީހުންނަށް ކަމަށެވެ.

އަދި އެކަމަށް މީހުން ހޮވުމުގެ ފުރަތަމަ މަރުހަލާ ނިމެނީ މާރޗް 14 ގައެވެ. މި ދަތުރުގައި ބައިވެރި ވެވެނީ މެޑިކަލް ޓެސްޓު ތަކުން ފާސް ވެފައި މައިޒާވާ ކުރާ އިންޓަވިއު އިން ފާސް ވާ މީހުންނަށެވެ.

2019 ވަނަ އަހަރުގައި ޒޯޒޯ އިންކް ކުންފުނި ސޮފްޓް ބޭންކަށް ވިއްކާލި ވިޔަފާރިވެރިޔާ ވަނީ ސްޕޭސް އެކްސް ގެ ވެހިކަލަށް ހަރަދު ކުރަން ނިންމާފައެވެ. މައިޒަވާ ބުނެފައިވަނީ ދުވަސްތަކެއް ވާނެ ކަމަށް ހީކުރެވުނު ނަމަވެސް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ދެ ސްޓާޝިޕެއް ވަނީ ޓެސްޓު ކުރުމުގެ ތެރޭގައި ގޮވާފައެވެ.

ހަނދާއި ދިމާލުން މުޅި ދުނިޔެ ބަލާލުން ވެގެންދާނީ މި ދަތުރުގެ އެންމެ މުހިންމު ކަންތައް ކަމުގައި މައިޒަވާ ފާހަގަ ކުރިއެވެ. މައިޒަވާ ބުނެފައިވަނީ މިހާރު އުޅެނީ ޓްރެއިނިންގ އެއްގައި ނޫން ނަމަވެސް ދެތިން މަސް ތެރޭގައި ޓްރެއިނިންގ ފަށާނެ ކަމަށެވެ.