ދުނިޔޭގެ ނިޒާމާއި ދުނިޔެ މިއޮތް ޖައްވުގެ ކަންކަން ވެސް ވަނީ ވަކި ތަރުތީބަކުން ކުރިއަށްދާ ގޮތައް އިންތިޒާމް ވެފައެވެ. ނަމަވެސް އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ދުނިޔެ އަށް އަންނަމުންދާ ބަދަލުތަކާއިއެކު ދުނިޔޭގެ މިނިޒާމު އޮޅުންބޮޅުންވެ، ހަމައިން ނައްޓާލުން މިއީ ނުވެނުދާނެ ކަމެކެވެ.

ހަނދަކީ ދުނިޔެ އާއި ކިތަންމެ ދުރުގައި އޮތް އެއްޗެއް ނަމަވެސް ހަނދުގެ މުހިއްމުކަން ދުނިޔެއަށް ކުޑައެއް ނޫނެވެ. ނަމަވެސް ހަނދު ވެސް ކޮންމެވެސް ދުވަހަކު އަހަރެމެންގެ ލޮލަށް ނުފެންނަ ހިސާބަށް ދުރަށް ހިނގައި ދާނެއެވެ.

ނާސާގެ ސައިންސްވެރިން ބުނާ ގޮތުގައި ލައިޓްގެ ބާރު މިން ދަތުރު ކުރާ މިންވަރަށް ބަލައިގެން ހަނދާއި ދުނިޔެ އާއި ދެމެދު ހުރި ދުރުމިން ބަލާއިރު އަހަރަކު 1.5 އިންޗި ނުވަތަ 3.8 ސެންޓްމީޓަރުގެ ދިގު މިނެއް ކޮންމެ އަހަރަކު ވެސް ދުނިޔެ އާއި ހަނދު ދަނީ ދުރުވަމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ހަނދާއި ދުނިޔެގެ ދުރުމިން އެއްމިނެއްގައި ހިފެހެއްޓުމަށް އޮންނަ ބާރަކީ ބިމަށް ދަމާ ބާރެވެ. އެ ބާރު އެންމެ ބޮޑަށް ގުޅިފައި ވަނީ ކަނޑުގެ ލޮނުގަނޑާ އެވެ. އޭގެ އިތުރުން ދުނިޔެ އެނބުރެމުންދާ ބާރު މިނަށް އަންނަ ބަދަލުގެ ސަބަބުން ވެސް ދުނިޔެ އާއި ހަނދުގެ ގުޅުމަށް އެކަމުގެ އަސަރު ކުރަކަމަށް ސައިންސްވެރިން ބުނެއެވެ.

ހަނދާއި ދުނިޔެ ދުރުވަމުން އަންނަ މިންވަރަށް ބަލާއިރު މީގެ 50 ބިލިއަން އަހަރު ފަހުން ދުނިޔެ އަށް ފެންނާނީ ހަނދުގެ އެއް ފަޅިއެވެ. ކޮންމެ ދުވަހަކު ހަނދު ވަށައި ދުނިޔެ ބުރު ޖަހަމުންދާ ދިއުން އޭރު އޮންނާނީ އޮޅުންބޮޅުން ވެފައެވެ.

ނަމަވެސް އޭގެ މާކުރިން އިރާއިއެކު މި ސޯލާއި ސިސްޓަމް މަރުވެގެން ހިނގައިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. ސައިންސްވެރިން ލަފާ ކުރާ ގޮތުގައި މިހާރު އިރުގެ އުމުރުގައި ބާކީ އޮތީ ފަސް ބިލިއަން އަހަރެވެ. އިރަށް އަންނަ ބަދަލުތަކާއިއެކު "ހުޅު ފަޅައިގެން ގޮސް" ފަސް ބިލިއަން އަހަރުގެ ތެރޭގައި މި ސޯލާ ސިސްޓަމް އެއްކޮށް ކުދިކުދި ވެގެން ދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޔާ ﷲ

    ތިއީ އިބްރަތްތެރި ވާހަކައެއް ތިކަމުން އިނގެނީ
    ގިޔާމަތްވާން ތިއަށްވުރެ އަވަސްވާނެކަން އެންމެ ބިލިއަން އަހަރަކަށްވެސް ދުނިޔެ ނޯންނާނެ ސައިންޓިފިކް ގޮތުންބަލާނަމަ

    13
  2. ޖުހާ.

    ސައިންވެރިންނަކީ ސީދާ ދައްޖާލު. ދުނިޔެ ހެއްދެވީ الله ދުނިޔެ ހިންގަވަނީވެސް الله

    22
    1
  3. ގޮވެލި

    މިދުނިޔޭގަ އުޅޭމީހުން ބިމާހެދި ހަގުރާމަކުރޭ މާތްﷲދެއްވި ނިޔުމަތްތަކަށް ނުބެލުމުގެނަތީޖާ

  4. ވިސްނާލުމަށް އެދެމޭ

    ނޫސްވެރިން ފުރަތަމަ ﷲގެ ކުޅަދުންވަތަ ކަން ދަނެ އެ ކަން ހިތުގެއަޑިން ގަބޫލު ކުރަންވެއްޖެ..އިންސާނުންގެ އަމަލުތަ ކުން ދުނިޔޭގެ ނިޒާމަ ކަށް ބަދަލެނުގެނެވޭނެ..އިންސާނުންގެ ބާރު ފޯރުވޭނެ ހިސާބެއްގަހުރި ހަނދެނެތް..ހަނދުއެރުމާ އިރުއެރުމާ އިރުއޮއްސުމާ ހުޅަނގުފަރާތުން އިރުއެރުމާ މިއީ އިންސާނުންގެ ބާރެހިގާ ކަމެނޫން..

  5. އަސް

    ދުނިޔެ ނިމިދާނެކަން ޤުރުއާނުން އޮތް އިރު ދެން ކޮން ސައިންޓިފިކު އެއްޗެއް.

    23
  6. ޖުހާ

    ޗޯރޭ ވެރިކަމާ ފޭޔަށް ޖެހޭގޮތަށް ދެއްތޯ

  7. އެދުރު

    ދުނިޔޭގައި އުޅޭ މީހުންނަށް އަބަދުވެސް ފެންނާނީ ހަނދުގެ އެއްފަޅި.

  8. ހަނދު

    އާން. ކޮންމެ ރޯދަމަހެއްގަ ހަނދު ނުފެނިގެން އުޅެނީ

  9. 12378

    ދުނިޔެ އެތަށް ބިލިޔަން އަހަރަކަށް ހުއްޓަސް މިއިންސާނާ ހަމަ ނޭވާ ހުސްވެ މަރުވުމާއެކު އޭނަޔަށް ގިޔާމަތް އެފެށުނީ ގިނަ ވިޔަސް 100 އަހަރު މިދުނިޔޭގައި ދިރި ސަލާމަތުން ތިބެނީ މަދު ބަޔެއް އެއަށް ވުރެ މާކުރިން އެމީހާ ދުނިޔެ އާއި އަލްވަދާޢު ކިޔާ އާޙިރަތުގެ ދަތުރުފަށާ ވީމާ ހެޔޮކަންތަކަށް މީހާ އަވަސްވޭ ޢާޚިރުގައި އެކަން ވެދާނެ ތިމާ ނަރަކައިން ސަލާމަށްކޮށް ސުވަރުގެމިންވަރު ކޮށްދެއްވަފާނެ ސަބަބަކަށް ވަރަށް ސަލާމް