ހަނދުގެ ފަސްގަނޑުގައި ފުރަތަމަ ފަހަރަށް ސައިންސްވެރިން ގަސް އިންދައިފިއެވެ.

ހަނދުގެ ފަސްގަނޑުގައި ފުރަތަމަ ފަހަރަށް ގަސް އިންދުމާއި އެކީ ސައިންސްވެރިން ވަނީ ދުނިޔޭގެ ފަސްގަނޑު ފިޔަވައި އެހެން ތަނެއްގެ ފަސްގަނޑުގައި ގަސް އިންދުމުގެ ލަގަބު ހޯދާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އޭގެ ސަބަބުން ދިގު މުއްދަތަކަށް ހަނދަށްދާ ފަރާތްތަކަށް އެތަނުގައި ބަގީޗާ ހެއްދޭނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ހަނދުގެ ފަސްގަނޑުގައި ގަސް އިންދުން ކާމިޔާބުވިއިރު، އޭގެ ތެރެއިން ގިނަ ގަސްތަކަށް ދުނިޔޭގެ ފަސްގަނޑުން ލިބެން ޖެހޭވަރަށް ކާނާ ނުލިބޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކޮމިއިނިކޭޝަންސް ބަޔޮލޮޖީގައި ޝާއިރުކޮށްފައިވާ އެ ޖާނަލްގައި ބުނެފައިވަނީ ސައިންސްވެރިން ހެދި އެދިރާސާ ބިނާ ކުރަނީ ހަނދުގައި ހުންނަ ދޫ މާއްދާތައް ނުވަތަ އެހެން ވެސް ބޮޑެތި ގާތައް ފަދަ ތަންތަނުގައި ގަސްތައް ފަސޭހަ ކަމާއި އެކު ހެއްދުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައިންސްވެރިން ހަނދުގެ ފަސްގަނޑުގައި ހައްދާފައިވަނީ "އަރަބިޑޮޕްސިސް ތަލަނިއާ" ނުވަތަ އާންމު ނަމުން ނަމަ ތޭލް ކްރެސް ކަމަށެވެ. މިގަސްތައް ހަނދުގެ އެކި ހިސާބުތަކުގެ ތިން ވައްތަރުގެ ފަސްގަނޑުގައި އިންދައިގެން ދުނިޔެއަށް ގެނެސްފައިވަނީ އެޕޯލޯ 11،12 އަދި 17 ގެ މިޝަންގައި ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މއކ

    ބަލަ ހަނދަކުނޫން ގަސްހެއްދީ. އެޕޯލޯމިޝަންގަ ހަނދުންގެނާ ވެލީގަ ހެއްދިކަމަށްވަނީ

    24
    • ހަގީގަތް

      ހަބަރު ލިޔާއިރު ކިޔާމީހުންނަށް އޮޅުން ނާރާނެހެން ލިޔުން ތެރިކަން ބެހެއްޓުން ވ.މުހިއްމު. އެއްޗަކަށް އެއްޗެއްލިޔުނަސް ކަމަކުނުދާނެދޯ؟

  2. H

    Asthagfirullah