މީސް މީޑިޔާގައި އެންމެ ހަރަކާތްތެރި ބޮލީވުޑު ފަންނާނުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ ''ކްރިޝް'' ގެ އެކްޓަރ ރިތިކް ރޯޝަނެވެ. އޭނާއަކީ ފޭނުންނާއި ވަރަށް ގާތުން މަސައްކަތް ކުރާ ތަރިއެކެެވެ. އަދި ފޭނުންގެ ބައެއް ޕޯސްޓްތަކަށް އޭނާ ޖަވާބުވެސް ދެއެވެ.

އެގޮތުން ދާދި ފަހުން ރިތިކްގެ ސަޕޯޓަރަކު އޭނާއަށް ޓެގްކޮށް ކުރި ޓްވީޓަކަށް ދިން ޖަވާބުގެ ސަބަބުން އެ ސަޕޯޓަރަށް ލިބިގެން ދިޔައީ ބޮޑު އުފަލެކެވެ.

ރިތިކް ރޯޝަންއަށް ތަޢުރީފުކޮށް އާއްމުކޮށް ޓްވީޓް ކުރާ ސަޕޯޓަރެއް ކަމުގައިވާ ރުޕާލީ ހޫނު މޫސުމް އަންނާތީ އެކަމަށް ތައްޔާރުވުމާއި ގުޅޭގޮތުން ކޮށްފައިވާ ޓްވީޓުގައި ރިތިކްއަށް ޓެގްކޮށް ބުނެފައިވަނީ ރިތިކްގެ އޭސީ ސަރވިސް ކުރި ކަމަށް އުއްމީދު ކުރާ ކަމަށާއި އެއީ ރިތިކް ''ހޮޓް'' ކަމުން ކަމަށެވެ. އަދި ހިލޭ އޭސީ ސަރވިސް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ރުޕާލީ މަޖަލަކަށް މި ކުރި ޕޯސްޓަށް ރިޕްލައި ކުރަމުން އަރބަން ކޮމްޕެނީއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ހޫނު މޫސުމަށް ތައްޔާރުވުމަށް ތި ހުރިހާ މަސައްކަތެއް ކުރާނަމަ އޭސީ ވެސް ސަރވިސް ކޮށްލުމަށެވެ.

ރުޕާލީގެ މި ޓްވީޓަށް ''ކަހޯނާ ޕިޔާރު ހޭ'' ގެ އެކްޓަރ ރިޕްލައި ކުރަމުން ބުނެފައިވަނީ އޭނާގެ ހިދުމަތުގައި ހުރި ކަމަށެވެ. ރުޕާލީގެ ޕޯސްޓަށް ރިތިކް ރިޕްލައި ކުރުމުން އެކަމާ އުފަލުން ހުރި ރުޕާލީއަށް އަރބަން ކޮމްޕެނީގެ ފަރާތުން ލިބިގެން ދިޔައީ އިތުރު އުފާވެރި ޚަބަރެކެވެ.

ރިތިކް ރިޕްލައި ކުރުމުން އެކަމާ އުފަލުން ރުޕާލީ ކޮށްފައިވާ ޓްވީޓަށް ޖަވާބުދެމުން އަރބަން ކޮމެޕެނީއިން ބުނެފައިވަނީ ރުޕާލީއަށް އެއް އަހަރު ދުވަހަށް ހިލޭ އޭސީ ސަރވިސް ކުރުމާއި ޔޫސީ ވައުޗަރއެއް ލިބޭނެ ކަމަށެވެ.

ރިތިކްގެ ރިޕްލައި ލިބުމާއި އަރބަން ކޮމެޕެނީގެ ފަރާތުން ލިބުނު ޚަބަރުން ރުޕާލީ ހުރީ ވަރަށް އުފާވެފައެވެ.