ޕްރިތީ ޒިންތާ ޖީން ގުޑީނަފްއާ ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަވާއިދުން އޭނާގެ ފިރިމީހާއާއެކީ ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ފޮޓޯތަކާއި ވީޑިއޯ ހިއްސާކުރެއެވެ. ދާދި ފަހުން އޭނާ މިވަނީ ފިރިމީހާއާ ބެހޭ ގޮތުން މީހުންނަށް ނޭނގޭ ވާހަކައެއް ކިޔައިދީފައެވެ.

ޕްރިތީ ޒިންތާ މެގަޒިން އަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ފިރިމިހާ މިހާތަނަށް ބެލީ އޭނާ ކުޅެފައިވާ އެންމެ ތިން ފިލްމު ކަމަށާއި ހިންދީ ބަހުން ކިޔާ މަދު ބަހެއް ނޫނީ އޭނާ އަށް ނޭނގޭ ކަމަށެވެ.

ޕުރިތީ ބުނެފައިވަނީ ސަލްމާން ހާން ޖީންް އަށް ހިންދީ ބަހުން ބޭއަދަބީ ބަސްތައް ބޭނުން ކުރަން ދަސްކޮށްދިންކަމުގައެވެ.

ޕްރިތީ އާއި ޖީން ކައިވެނީގެ ގުޅުމަކުން ގުޅިފައިވަނީ 2016 ވަނަ އަހަރު ފެބްރުއަރީ 29 ވަނަ ދުވަހު އެމެރިކާގައެވެ. އަދި އެ ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ގާތް ރަހްމަތްތެރިންނެވެ.

ޕްރިތީ ވަނީ ގިނަ ފިލްމުތަކެއް ކުޅެ އެވޯޑްތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ކަލް ހޯ ނަ ހޯ"، "ވީރް ޒާރާ"، ފަދަ މަޝްހޫރު ފިލްމުތައް ހިމެނެއެވެ. ޕްރީތީގެ ފުރަތަމަ ބޮލީވުޑު ފިލުމަކަށް ވެގެންދިޔައީ ''ދިލް ސޭ'' އެވެ.