2002 ވަނަ އަހަރު ފިލުމު ކޮއި މެރަ ދިލްސެ ޕޫޗޭ'' އިން ބޮލީވުޑަށް ތަޢާރަފްވި ދަރުމެންދުރައާއި ހެމާ މާލިނީގެ އަންހެން ދަރިފުޅު އޭޝާ ޑިއޯލް ފިލުމު ކުޅުމާއި ދުރުގައި ދިހަ އަހަރު ހުރުމަށްފަހު އަލުން ފިލުމު ކުޅެން ފަށާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

2011 ވަނަ އަހަރު އޭޝާގެ މަންމަ ހެމާ ޑައިރެކްޓް ކުރި ފިލުމު ''ޓެލް މީ އޯ ޚުދާ'' އިން ބައްޕަ ދަރުމެންދުރައާއި އެކު ފެނުމަށްފަހު ފިލުމު ކުޅުމާއި ދުރުވެ އަމިއްލަ ދިރިއުޅުމަށް ސަމާލުކަން ދީފައިވާ އޭޝާ ފިލުމުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އިންޓަވިއުއެއްގައި ބުނެފިއެވެ.

2012 ވަނަ އަހަރު ބާރަތު ތަޚްތާނީއާއި ކައިވެނިކޮށް އޭޝާއަށް މިހާރު ވަނީ ދެ ދަރިން ވެސް ލިބިފައެވެ. އެ ދެކުދިންނަކީ ރަދިޔާއާއި މިރާޔާއެވެ.

ފިލުމު ދޫމް، ދަސް، ނޯ އެންޓްރީ ޔޫވާ ފަދަ ފިލުމުތަކުގައި އެކްޓިންގެ މޮޅު ހުނަރު ދައްކާލައިފައިވާ އޭޝާަ ޑިއޯލް މިހާރު ހުރީ ފިލުމީ މަސައްކަތްތައް ފަށަން ތައްޔާރަށް ކަމަށް ވެސް މި އިންޓަވިއުގައި ބުނެފައިވެއެވެ.

''އެކްޓަރެއްގެ ހައިޞިއްޔަތުންނާއި ފިލުމު އިންޑަސްޓްރީގެ މީހެއްގެ ހައިޞިއްޔަތުން އަހަރެންނަށް ހީވަނީ މަސައްކަތާއި ދުރުގައި ހުރުމަށްފަހު އެނބުރި އައުން އެއީ މަސައްކަތް ކުރަން އެންމެ ރަނގަޅު ވަގުތުހެން. ކުރިން އަހަރެން ބޭނުންވީ މީހަކާއި އިނދެެގެން ދަރިން ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެން'' ބޮމެބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭޝާ ބުނެފައިވެއެވެ.

ޖުލައ މަހު ފިލުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވީ ނަމަވެސް މި ފިލުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އޭޝާ ދައްކާފައެއް ނުވެއެވެ. އަދި އެ ފިލުމަކީ ކޮންމެ އަންހެނަކު ވެސް ބަލާހިތްވާނެ ފަދަ ވާހަކައެއް އޮތް ފިލުމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ކަނބުލޯ، މުސްކުޅި ޑަކައިތައަކައް ވީމަ ދެންކޮން ފިލުމެއް ކުޅޭކައް. ދަރިންބަލަން ގޭގެހުރޭ

    2
    3
  2. ކާފަ

    މަރިޔަމް ނިޝާ ކައިރިން މިގޮއްޔެ ކޮޕީކުރަނީ..