ތަންމަކުނަކީ ތަންތަނުގެ ސާފްތާހިރުކަން ގެއްލުމުގެ ސަބަބުންނާއި، ބައެއް މީހުން ނިދާފައި ތިބޭ އިރު ހިއްލާ ދަލެއްގެ ސަބަބުން އެނދުގައި އަޅާ، އިންސާނުންގެ ގައިން ލޭބޮއިގެެން އުޅޭ ކުޑަ ސުއިއްޕެކެވެ. ތަންމަކުނު ހެފުމުގެެ ސަބަބުން ހަށިިގަނޑުގެ އެެތަންމިތަނަށް ތަދުވުމާއި، ގައިން ފިިތްގަނޑުގަނޑު ނެގުން ފަދަ ކަންކަން ދިމާވެއެެވެ. މީހުން ގައިން ލޭބޯ މި ކުޑަ ސޫފި އާންމުކޮށް ފިލާ ލިބޭނީ އެނދުގެ ހުންނަ ފަސޭހައިން ވަދެެވޭ ދޭތެރެތަކުގައެވެެ.

އެމެރިކާގެ އަސްކަރީ ސަބްމެރިނެއްގައި "މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް" ތަންމަކުނު ގިނަވިި ވާހަކަ މިވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ. "ޑެެއިލީމެެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެެ ސަބްމެެރިންގައި މަސައްކަތް ކުރަމުން އަންނަ ސިފައިން ވަނީ ސަބްމެރިންގައިި އާދަޔާ ހިިލާފަށް ތަންމަކުނު ގިނަވާ ވާހަކަތައް ހާމަކުރަން ފަށާފައެވެ. އެމީހުން ބުނާ ގޮތުގައި ތަންމަކުނު ގިނަވާން ފަށާފައި ވަނީ މިދިޔަ އަހަރުގެެ މާޗްމަހުން ފެެށިގެންނެވެ.

ސިފައިންނާ ހަވާކލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތަންމަކުނުގެެެ އުނދަގޫ ބޮޑުވުމާއި ގުޅިގެން ސިފައިންނަށް މިހާރު ވަނީ އެނދުތައް ދޫކޮށް ގޮނޑިފަދަ ތަންތަނުގައި ނިދަން މަޖުބޫރުވެފައެެވެ.

"ބައެއް މީހުންނަކީީ މި ކުޑަ ސޫފީގެ ސަބަބުންވެސް ވަރަށް ބޮޑަށް ގެެއްލުންވާ މީހުން. އޮފިސަރުން ދަނީ މި މައްސަލަ އާއި ގުޅިގެން ހުއްޓުމެއް ނެެތިި ޝަކުވާތައްް ކުރަމުން. ނަމަވެސް ހައްލެއް ނުލިބޭ" އަސްކަރީ ސަބްމެރިންގައި މަސައްކަތް ކުރާ ސިފައިިންގެ މީީހަކު އެެމެރިކާގެ "ނޭވީ ޓައިމްސް" އަށް މައުލޫމާތު ދެމުންް ވަނީ ބުނެފައެވެ.

ތަންމަކުނަކީ އާންމުކޮށް ރޭގަނޑުގެ ވަގުތުތަކުގައި، މީހުންނަށް ގެެއްލުންދޭ ސުއިއްޕެެއް ކަމުން އެތަންތަނުގައި ނިދަން އުނދަގޫވާނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރ

    ރާއްޖޭގައި ތިޔަ ކަން ވަރަށް ފަސޭހައިން ފިލުވާލަދޭ ޕެސްޓް ކޮންޓްރޯލް ގްރޫޕް އެބައުޅޭ ޚާއްސަކޮށް ކުޅޭ ބޭބެ ސިމާއު އަށް އެމެރިކާ މަނަވަރުން ގުޅާ ލާ ވަގުތުން ޚިދުމަތް ދޭނެ އަހަރެން މީ އެކަން ތަޖުރިބާ ކުރި މީހެއް

  2. ކެތި

    އަވަހަށްވެކްސިންޖަހާ.. ތިވާނީ ކޮވިޑް20 ކަ މަށް..

  3. ޢިއްސެ

    ރާއްޖެ ސިފައިންގެ މީހަކު ނޫހަކަށް މައުލޫމާތު ދީފިޔާ ވަގުތުން ވަގުތައް ކަޑާލާ ސިފައިންގެ އިން ބޭރު ކުރާނެ. ސިފައިން އުޅޭ ހާލު ނޫސްތަކަށް އިގޭނެނަމައޭ ހިތައްއަރާ.

    • ސިފައިން

      ނޭގޭނެ އެގޭނެނަމަ ހުޅުމާލޭގަ އެއަޅާ ސިފައިންގެ ފްލެޓްތަކަށް ވެފަހުރިގޮތެއް އެގުނީސް...އެތަން އެހެން ހުއްޓާ ފޭސް ޓޫ ހިއްކާ އެތާ 25 ބުރީގެ އިމާރާތްތަކެއް އެހެދީ. މީ ނަމުން ޑިމޮކްރަސީ އޮއްނަތަނެއް ޤާނޫނުގަވެސް ނަމަކަށް އޮއްނަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގު...

  4. ކުޑަކާށި

    ޗިޗިޗީޑް ތަރައްގީވެފަ ތިއޮތީ ، ޑިމޮކްރަސީ އާއި ސްޕަރ ޕަވަރގެ ފެންވަރު .. ޗިޗިޗިޗީޑި..

  5. އަންނި

    ހައްލަކީ ބޮކި ދިއްލައިގެން ނިދުން ނުވިސްނުނު ދެއްތޯ.