ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އަކީ ފިޓްނެސް ނުވަތަ ދުޅަހެޔޮކަމުގެ ދުނިޔެ އަށް އާ ނަމެއް ނޫނެވެ. ކަސްރަތުތަކާއި ހަށިހެޔޮކަމުން ދިވެހިންގެ ސަމާލުކަން ހޯދި ފާޒިލް އަށް އޭނާގެ މަޝްހޫރުކަމާ އެކު އެތައް ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހުނު ފަހަރުތައް ވެސް މެދުވެރިވެފައި އެބަހުއްޓެވެ.

އެގޮތުން އޮޅުވާލައިގެން މަކަރާއި ހީލަތުން "ގިވް އަވޭ" އެއްގެ ނަމުގައި ފޮލޯވަސް ހޯދިކަމުގެ ތުހުމަތު ކުރެވި ފާޒިލް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ފާޒިލް ބުނާ ގޮތުން އެއީ އޭނާ އަށް ބަޔަކު ރާވައިގެން ދިން ބޮޑު ލަނޑެކެވެ. ކޮންމެ އަކަސް އޭނާ ހޫނު ފެނަށް ވެއްޓި އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

ނަމަވެސް އެ ފާޑު ކިޔުންތަކަކީ ފާޒިލްގެ ހިތްވަރު ކުޑަކޮށްލި ކަމެއް ނޫނެވެ. "ގިވް އަވޭ"ގެ ފާޑުކިޔުންތައް އަމާޒުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އެނބުރި އާއްމުންނަށް ފެނުނީ ނިކަން މޮޅު އިސްތިހާރަކުންނެވެ.

އެ އިޝްތިހާރަކީ މުޅި ދުނިޔެ އަށް ވެސް މަޝްހޫރުވި ގިނަ ބައެއްގެ ސަމާލުކަން ހޯދި "މަނީ ހައިސްޓް" ސީރީޒްގެ ތީމް ލަވައިގެ ރާގަށް، އެ ސީރީޒްގެ ރަހަތަކާއި އެކު ކުޅެފައިވާ އިޝްތިހާރެކެވެ.

ޕިއްޒާގެ ވިޔަފާރީގައި މަޝްހޫރު "ޖެލީ"ގެ އެ އިޝްތިހާރުން ފެނުނީ "މަނީ ހައިސްޓް" ގައި ވަގުން ލައިގެން ތިބޭ ފަދަ ޓްރެކްޝޫޓްތަކެއް ލައިގެން ޕިއްޒާތައް ގެންދާ މަންޒަރެވެ.

ކޮންމެއަކަސް ދިވެހިންގެ ސަމާލުކަން ހޯދުމުގައި ފާޒިލް އަކީ ފަހަތަށް ޖެހޭ މީހެއް ނޫނެވެ. ޚާއްސަކޮށް ދުޅަހެޔޮކަމަށް ފާޒިލްގެ ހިތުގައި އޮތް ލޯތްބާ އެކު އެހެން މީހުން ދުޅަހެޔޮކަމަށް ހިތްޖައްސަން އޭނާ ކުރާ މަސައްކަތަށް މަޑުޖެހުމެއް ނާދެއެވެ.

މިފަހަރު ވެސް މިއޮތީ ފާޒިލްގެ ތަފާތު ވީޑިއޯއެކެވެ. މި ވީޑިއޯ އަކީ އޭނާ ޓިކްޓޮކްގައި ހިއްސާ ކުރި ވީޑިއޯއެެވެ. މާޝަލް އާޓް ނުވަތަ ކަރާޓީގެ ހުނަރު ދައްކާލާ މި ކުރު ވީޑިއޯކޮޅާއެކު ފާޒިލް ވަނީ މެސެޖެއް ވެސް ހިއްސާކޮށްފައެވެ.

@fitfazil

It doesn’t get easier , you just get stronger . #fitness #karate #martialart #fight #maldivestiktok #moves

♬ F Boy - Ander Huang & KROMI

ދުޅަހެޔޮވުމަށް ކުރާ މަސައްކަތްތަކަށް އިޝާރާތްކޮށް އެ ވީޑިއޯގެ ކެޕްޝަންގައި އިނގިރޭސި ބަހުން ފާޒިލް ބުނެފައި ވަނީ އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެ މަސައްކަތުގައި ދުވަސް ހޭދަވާ ވަރަކަށް މީހާ ދުޅަހެޔޮ ނުވަތަ ވަރުގަދަ ވާނެކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ފާޒިލްގެ މި ވީޑިއޯ މިހާތަނަށް 11000 އަށް ވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ.

ފާޒިލް އަކީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ އިތުރުން މޮޑެލްއެެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަންނި

    އޯއެމްޖީ ހާދާ ހޮޓޭ.

    7
    7
    • ޔާމީން

      އަޅެ މަށަށްވެސް ލިބޭނެ ނަމަ😍

      5
      2
  2. ކޮރަލް

    ފައިސާ ލިބޭނެ އެވެ.

  3. ފިޓް އަހަންމާ

    ދުނިޔެއަށް އާ ނަމެއް ނޫނޭ ލޮލް.... މަ ހީކުރީ މީ ޖައްވުގަ ވެސް ވަރަށް އަލި ގަދަ ތަރިއެއް ކަމަށޭ

    10
  4. ކަރާޓީ

    ހާހާ. ކޮންނަމެއްކިޔާ ޓެކްނީކެކޯތީ؟ ބޯހަލާކު!

  5. މެޓްރޯ

    ތީ ކޯންޗެއް.. ހީ ހީ ހަލާކު..

    11
  6. ޥަގު

    ޥަގުކަލޭގެ އަނެއްކާ ފެށީ ޑަބްލިއު ޑަބްލިއުއީ މެޗެއްތަ މީ އަޅެ

    11
  7. އަންފިޓޭ

    އަޅެ ޖެހިލަބަލަ....

    6
    1
  8. ހުސޭނުބޭ

    ޝަރުމީލާތަ ނަގާފަ އެ ޖަހަނީ!

    18
  9. އުގުރި

    ފިޓް ފާޒިލް މިފަހަރު އޭނާގެ ފިޓުކަން ދައްކާލީ ޓިކްޓޮކްގައި.
    ތިޔަހުރި ފިޓުކަމެއް ނިކަން ފަރުޟު ފަސް ނަމާދުން ދައްކާލަ ދީފާނަންތަ..

    30
    1
  10. ޑްރިލް

    ދިސް އިޒް ކޯލްޑް ޑްރިލް

    7
    3
  11. ޙހޖ

    މީނަ ހަމަ ޖެހޭތަ.ކެކެ

  12. ސްލޯލިހް

    އަސްލު އެޓޭކެއް އައިމަ ފިޓްފާޒިލް ހުނާނެ ފިޓެއް ޖެހިފަ