ގަބޫލު ކުރަން އުނދަގޫ ކަމަކަށް ވިޔަސް، ދުނިޔޭގައި އުޅޭ އެންމެންނަކީ ވެސް އާއިލީ ގޮތުން ދުރުތާ ތިމާގެ ބަޔަކަށް ވެދާނެއެވެ.

ގްރަހަމް ކޫޕް، ކެލިފޯނިއާ ޔުނިވާސިޓީގެ ގެނެޓިސިސްޓެއް ބުނެފައި ވަނީ ޔޫރަޕާ އެކި ހިސާބުތަކުގެ މީހުންގެ ޑީއެންއޭ ޓެސްޓުކޮށްގެން ދުނިޔޭގައި އުޅޭ އެންމެންނަކީ ވެސް އެކަކު އަނެކަކާ އާއިލީ ގޮތުން ގުޅިފައިވާ ބައެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ފީޒްއޯގްއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކޮންމެ މީހެއްގެ ވެސް މަންމައަކާއި ބައްޕައެއް ހުރުމަކީ އާއިލާ އިތުރަށް ބޮޑު ވެގެން ދާ ކަމެއް ކަމުގައެވެ. ހިސާބު ބޭނުން ކޮށްގެން ކޮންމެ މީހެއްގެ ވެސް ދިހަ ޖެނެރޭޝަން ކުރިއަށް ގުނާލާ އިރު، ކޮންމެ މީހެއްގެ ވެސް އާއިލާގެ ހާހެއްހާ މީހުން އެނގިގެން ދާއިރު މީގެ ވިހި ޖެނެރޭޝަން ކުރިން އެމީހުންގެ މިލިއަނެއްހާ އާއިލާ މީހުން ތިބޭނެއެވެ.

މި ދިރާސާ ކުރި މީހުންނަށް ފާހަގަ ވެގެން ދިޔައީ ޔޫރަޕުގައި އެކަކު އަނެކަކާ ދުރުގައި އުޅޭ މީހުންނަށް ވުރެ ކައިރީގައި އުޅޭ މީހުން އާއިލީ ގޮތުން ބޮޑަށް ގާތް ކަމެވެ. މީގެ ހާހެއްހާ އަހަރު ކުރިއަށް ބަލައިގެން ކޫޕް ކޮށްފައިވާ ދިރާސާ އިން އާއިލީ ގޮތުން ދުނިޔޭގެ އެންމެންވެސް ގުޅިފައި ވެދާނެކަން ވަނީ ސާބިތު ކޮށްދީފައެވެ.

ހޯދުންތަކުން އެނގިގެން ދިޔަ ގޮތުގައި، އެހެން ގައުމުތަކުގެ މީހުން ގައުމުގެ އެކަކު އަނެކަކާ އާއިލީ ގޮތުން ގުޅިފައި އޮންނަ އުސޫލެއް އިޓަލީގައި ނޯވެއެވެ. އިޓަލީގެ އެކަކު އަނެކަކާއި ދުރުން އާއިލީ ގުޅުމެއް ނުވާކަން ފާހަގަ ކުރެވިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސައްތާރު

    އޭ ނެނގޭ ކުރިއަކުން ތިކަމެއް، މަ ހީކުރީ ޖައްވުން އެއްބައެއް، އަނެއްބައެއް ކަނޑުން އަރައިގެން އުޅޭކަމައް

    31
    7
  2. ހައްވަ

    ބަލަ އަހަރެމެން އެންމެންނަކީ އާދަމުގެ ދަރިންނެއް ނޫންތަ؟ ދެން ތީގަ ކޮބާތަ އާކަމެއް؟ އަޖާއިބު.

    77
    1
    • ާއާފްޓަރ ދަ ފްލަޑް

      މިހާރު ދުނިޔޭގައި ތިބީ ހުސް ނޫޙް عليه السلام ގެ ދަރިން

      7
      8
      • ަުޔަޔ

        نوح ގެ ފަނު އަދަމްގެ ފާނަ ނުގުޅޭތަ. ކިރިތި ގުރުއަނުގައި يا بني ادم ވަޙީ ނުކުރައްވަތޯ. މާބޮޑަށް އެނގިގަނެގެން ނޫޅޭ

        13
        1
      • މުހުންމާ

        މިއީ އާދަމް އަލައިހިއްސަލާމް އާއި ހައްވާ އަލައިހިއްސަލާމްގެ ދަރިން. ނޫހް އަލައިހިއްސަލާމް ގެ ތޫފާނުގައި ނާކޮޅަށް އަރާވަޑައިގަތީ ނޫހް އަލައިހިއްސަލާމްއަށް ތަބާވެގެންތިބި މުސްލިމުން. އެހެން ކަމުން ނާކޮޅަށް އަރަން ދެކޮޅުހަދައި ބޮޑާވެގަތް އެންމެން އަރަގުވެ ނިމިގެން ގޮސް އެފަހުން އުފެދިގެން އައި އިންސާނީ ދަރިފަސްކޮޅު މިއޮތީ ނޫހް އަލައިހިއްސަލާމްގެ ދަރިފަސްކޮޅާއި އަދި އެކަލޭގެފާނުގެ އުންމަތުގެ ތެރެއިން ނާކޮޅުގައި ސަލާމަތްވީމީހުންގެ ދަރިފަސްކޮޅު.

        7
        3
      • ޏޫނޯަ

        ނޫޙް ޢަލައިހިސަލާމްވެސް ގުޅެނީ އާދަމްގެފާނު އާ.

        9
        1
  3. އާދަމް އެންޑް ހައްވާ

    ވީ އަރ އޯލް ވަން ފެމިލީ.

    12
    1
  4. އެމަންޖެ

    އަންނިމެން ރޯޔަލް ވާނެ އެއީ ވަރަށް ބޮޑު ތަފާތެއް.

    4
    3
  5. ނނަ

    މީބޭކާރު ލިޔުމެއް. ލ

    7
    2
  6. Anonymous

    މުސްލިމެ އްވެ އްޖެޔާ ތިކަން އިނގޭނެ އެމީހަކަށް.

    12
    1
  7. އެމީހާ

    ހަނދާ ދުނިޔެ އާައި ދެމެދު ހުންނަނީ ދުނިޔެ އާއި ހަނދާ ދެމެދު ހުންނަވަރުގެ ދުރުމިނެއް ކަމައް ދިރާސާ އަކުން ދައްކައިފި؟؟؟؟؟؟؟؟

    • ކުއިކީ

      ހައްހައްހާ