މިއީ ދާދި ފަހުން ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެކެެވެެ. މިކަން ދިމާވި މީހުންގެ އަބުރު ހިފެެހެއްޓުމަށްޓަކާ އެމީހުންގެ އަތޮޅާއި ރަށާއިި އަދި އަސްލު ނަން ބޭނުންކޮށްފައެއް ނުވާނެއެވެ.

ސާރާ އަލީ އަކީ ރަށު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ޒުވާން އުމުރުގެެ އަންހެންކުއްޖެކެވެ. މި ހާދިސާ ހިނގި އިރު އޭނާގެ ކައިވެންޏަށްވީ އެެންމެެ މަހެއްހާ ދުވަހެވެެ. އޭނާގެ ފިރިމީހާ އަހުމަދު އަކީ އެގޭގައި އުޅޭ އެންމެންނާވެެސް ގުޅުން އޮންނަ ހިތް ހެޔޮ މިޒާޖެއްގެ މީހެެކެވެ. އޭނާ ބުނާގޮތުން ނަމަ އަހުމަދު އާއިލާ މީހުން ދެކެ ވާ ލޯބި ސާރާގެ އާއިލާ ދެެކެެ ވެއެެވެ.

ސާރާގެ މަންމައާއި ބައްޕައަށް ލިބިފައި ވަނީ އޭނާ އާއި އަދި އޭނާގެ ކުޑަ އަންހެެން ކޮއްކޮ ހުދާއެެވެެ. ހުދާއަކީވެސް ސާރާއަށްވުރެެ ދެެ އަހަރު ހަގު ކުއްޖެެކެވެ. ސާރާގެ ބައްޕަ އާއި މަންމަ އަދި ދެބެއިންގެެ އާއިލާ ކިތަންމެ ކުޑަ ނަމަވެެސް އެ ސާރާ އާއި އޭނާގެ ކޮއްކޮގެ މިޒާޖު ދިމާ ނުވުމުގެެ ސަބަބުން އަބަދުވެސް އޮންނަނީ މައްސަލަ ޖެހިފައެވެެ.

ރަށު އޮފީހުގައި އަދާކުރަމުން އަންނަ ވަޒީފާ އަށް ދިއުމަށްް ފަހު ކޮންމެ ދުވަހަކުވެސް ތިން ގަނޑިއެއްހާއިރުގެެ ނިދި ސާރާއަށް ބޭނުންވެެއެވެ. ކައިވެެންޏެއް ކޮށްގެން ނަމަވެސް އުޅެނީ ސާރާގެ ގޭގައި ކަމުން މިކަމާ ޝަކުވާއެއް ކުރާނެ މީހަކު ނުހުންނާތީ ކޮންމެ ދުވަހަކުވެސް މަދުވެގެން ތިންގަޑިއިރު އޭނާ ނިދައެވެ.

އެއްދުވަހު މިހެންް ނިދަން އޮއްވާ ސާރާއަށް ފެންނަނީ ފިރިމީހާ އަހުމަދުު އެހެެން އަންހެން ކުއްޖަކާއި އެކު ސަކަރާތް ޖަހާ ހީ ހަދާ މަންޒަރެެވެ. ދެމީހުން އުޅުނީީ ގައިގޯޅިކޮށެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ހަވީރުގެެ ވަގުތެއްގައެވެެ. އެއީ ދުވަހަކުވެސް ނުފެންނަ ފަދަ ބިރުވެރި ހުވަފެެނެއް ކަމުން އަހުމަދު ހޯދަން ދިއުމަށް ސާރާގެ ހިތް މަޖުބޫރުކުރުވިއެވެެ. ގޭގެެ އެތަން މިތަން ބަލަމުން ގޮސް ސާރާގެ ކޮއްކޮ ހުދާ އުޅެމުން ދިޔަ ކޮޓަރިއާ އަރައި ހަމަވި އިރު އޭޭނާ އަށް އިވުނީ ހުވަފެނުގައި އިވުންފަދަ ހުނުމުގެެ އަޑެކެވެ. އޭނާ ގޮސް ހުދާގެ ކޮޓަރި ދޮރުގައި ހިފިތަނާ ދޮރު ހުޅުވިއްޖެެއެވެ. ދެން ފެނުނު މަންޒަރުން ހިތް ކުދިކުދިވެން ދިޔަ ކަހަލައެވެ. އޭނާގެ ފިރިމީހާ ހުރީ ކޮއްކޮގެ ގައިގައި އޮޅުލައިގެންނެވެ.

މިި މަންޒަރު ފެނި ވަގުތުން ވަރިވާން ސާރާ ނިންމިއެވެ. މި ހާދިސާއަށް ފަހު އަހުމަދު ކިތަންމެ ވަރަކަށް މައާފަށް އެެދުނު ނަމަވެސް އޭނާ އަށް އެކަން ބަލައެއް ނުގަނެވުނެވެ. ސާރާ ގަބޫލުކުރީ "އެއްފުޅައްމަތިން ފުންމާލިި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެެ"ކަމެވެ.

މިހާރު ދެމަފިރިންގެ ވަރީގެ މައްސަލަ އޮތީ ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންނި

    އަޅުގަނޑަކީ އެލެކްސް އަހުމަދު އަޅުގަނޑު ތިޔަފަދަ ކަމެއް ނުކުރަން.

    27
    7
    • ލާދީނީ

      ކަމެއް ނެތިއްޔާ ހަތިމުން އަކުރެއް ކިޔެވޭތޯ އުޅެބަލަ

      27
      1
  2. ޕްލޮޓްޓިވިސްޓް

    ޕްލޮޓް ޓްވިސްޓް: ސާރާ ވަރިވާން ސިޓީލާން އުޅެނިކޮށް އަނެއްކާވެސް ހޭލެވުނީ. އިޓްވޯޒް އޯލް އަ ޑްރީމް. ހުވަފެނުގެ ތެރޭގަ ހުވަފެނެއް. އިންސެޕްޝަން.

    31
    6
  3. ޜރރ

    އާނ އޮޅުލާހިތްވާ މީހަކާ އޮޅުލާން ދޫކޮށްލާ... ލޯބީގާ ހޭބަލިވާ ވަރުގެ އިންސާނަކު މިހާރަކު ނޫޅޭ...

    23
    2
    • ބުރޯ

      ބަލަ ވާވަރަށް ވުރެން އަނބިމީހާ މުރާލި ކަމުން ދޯ މެންދުރު ކައިގެން ތިން ގަޑިއިރަށް ނިދާނީ. ދެން ކޮއްކޮގެ ހިތްހެޔޮ ކަމުގެ ވާހަކަ ދައްކާނެ ކަމެއްވެސް ނެތް.

      5
      2
  4. ޢަހްމަދު

    ޞިރުން ހަލާކުވެޖެ.

    7
    2
  5. ޝަފީގް

    މުސްލިމް މުޖުތަމައުއެއްގައި ހިނގާ ނޭދެވޭ ނުބައިކަންކަމުގެ ވާހަކަ.އެއްވެސް ހެޔޮ އަމާޒެއް ނެތި ތިޔަހެން މުނިފޫހިފިލުވާނެ ވާހަކަތަކެއްހެން ފެތުރުމަކީ އެކަންކުރާ ބަޔަކައް ލައުނަތް ހުރިކަމެކެވެ. ނޫސްވެރިކަމަކީ ތިމާމެންގެ މައްޗައް ހެއްދެވިފަރާތުން ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތައް ފަހަނަޅައި ދިޔުމައް ހުއްދަލިބޭކަމެއް ނޫނެވެ. އަދި ތިޔަހެން ލިޔާ ކޮންމެ އަކުރަކައް އާޚިރަތުގައި ޖަވާބުދާރީވެ އެކަމުގައި އެކުލެވިގެންވާ ފާފައާއި އެއްމިންވަރައް އަޒާބައް ހުށައެޅިގެން ހިނގައިދާނެކަން ދެނެގެން ހުރުން ބުއްދިވެރިއެވެ.

    8
    1