މިއީ އެއް އަހަރު ކުރިން ދެކުނުގެ ރަށެއްގައި ހިނގި ހާދިސާއެކެެވެެ. މިކަން ދިމާވި މީހުންގެ އަބުރު ހިފެެހެއްޓުމަށް އެމީހުންގެ އަތޮޅާއި ރަށާއިި އަދި އަސްލު ނަން ބޭނުންކޮށްފައެއް ނުވާނެއެވެ.
ސާރާ އަލީ އަކީ ރަށު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ ޒުވާން އުމުރުގެެ އަންހެންކުއްޖެކެވެ. މި ހާދިސާ ހިނގި އިރު އޭނާގެ ކައިވެންޏަށްވީ އެެންމެެ މަހެއްހާ ދުވަހެވެެ. އޭނާގެ ފިރިމީހާ އަހުމަދު އަކީ އެގޭގައި އުޅޭ އެންމެންނާވެެސް ގުޅުން އޮންނަ ހިތް ހެޔޮ މިޒާޖެއްގެ މީހެެކެވެ. އޭނާ ބުނާގޮތުން ނަމަ އަހުމަދު އާއިލާ މީހުން ދެކެ ވާ ލޯބި ސާރާގެ އާއިލާ ދެެކެެ ވެއެެވެ.
ސާރާގެ މަންމައާއި ބައްޕައަށް ލިބިފައި ވަނީ އޭނާ އާއި އަދި އޭނާގެ ކުޑަ އަންހެެން ކޮއްކޮ ހުދާއެެވެެ. ހުދާއަކީވެސް ސާރާއަށްވުރެެ ދެެ އަހަރު ހަގު ކުއްޖެެކެވެ. ސާރާގެ ބައްޕަ އާއި މަންމަ އަދި ދެބެއިންގެެ އާއިލާ ކިތަންމެ ކުޑަ ނަމަވެެސް އެ ސާރާ އާއި އޭނާގެ ކޮއްކޮގެ މިޒާޖު ދިމާ ނުވުމުގެެ ސަބަބުން އަބަދުވެސް އޮންނަނީ މައްސަލަ ޖެހިފައެވެެ.
ރަށު އޮފީހުގައި އަދާކުރަމުން އަންނަ ވަޒީފާ އަށް ދިއުމަށްް ފަހު ކޮންމެ ދުވަހަކުވެސް ތިން ގަޑިއެއްހާއިރުގެެ ނިދި ސާރާއަށް ބޭނުންވެެއެވެ. ކައިވެެންޏެއް ކޮށްގެން ނަމަވެސް އުޅެނީ ސާރާގެ ގޭގައި ކަމުން މިކަމާ ޝަކުވާއެއް ކުރާނެ މީހަކު ނުހުންނާތީ ކޮންމެ ދުވަހަކުވެސް މަދުވެގެން ތިން ގަޑިއިރު އޭނާ ނިދައެވެ.
އެއްދުވަހު މިހެންް ނިދަން އޮއްވާ ސާރާއަށް ފެންނަނީ ފިރިމީހާ އަހުމަދުު އެހެެން އަންހެން ކުއްޖަކާއި އެކު ސަކަރާތް ޖަހާ ހީ ހަދާ މަންޒަރެެވެ. ދެމީހުން އުޅުނީީ ގައިގޯޅިކޮށެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ހަވީރުގެެ ވަގުތެއްގައެވެެ. އެއީ ދުވަހަކުވެސް ނުފެންނަ ފަދަ ބިރުވެރި ހުވަފެެނެއް ކަމުން އަހުމަދު ހޯދަން ދިއުމަށް ސާރާގެ ހިތް މަޖުބޫރުކުރުވިއެވެެ.
ގޭގެެ އެތަން މިތަން ބަލަމުން ގޮސް ސާރާގެ ކޮއްކޮ ހުދާ އުޅެމުން ދިޔަ ކޮޓަރިއާ އަރައި ހަމަވި އިރު އޭޭނާ އަށް އިވުނީ ހުވަފެނުގައި އިވުންފަދަ ހެއުމުގެ އަޑެކެވެ. އޭނާ ގޮސް ހުދާގެ ކޮޓަރި ދޮރުގައި ހިފައި ދޮރު ހުޅުވިއެވެ. ދެން ފެނުނު މަންޒަރުން ހިތް ކުދިކުދިވެން ދިޔަ ކަހަލައެވެ. އޭނާގެ ފިރިމީހާ ހުރީ ކޮއްކޮގެ ގައިގައި އޮޅުލައިގެންނެވެ.
މިި މަންޒަރު ފެނި ވަގުތުން ވަރިވާން ސާރާ ނިންމިއެވެ. މި ހާދިސާއަށް ފަހު އަހުމަދު ކިތަންމެ ވަރަކަށް މައާފަށް އެެދުނު ނަމަވެސް އޭނާ އަށް އެކަން ބަލައެއް ނުގަނެވުނެވެ.
ސާރާ ގަބޫލުކުރީ "އެއްފުޅައްމަތިން ފުންމާލިި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެެ"ކަމެވެ.
ތިކަހަލަ ކަމެއް ރ އިންނަމާދޫ ގަވެސް ވި އަސްްލު ނަމެއް ނޫން އެއީ
ހާދަ ރޯދަ އޭ
ވާހަކަ އަދި ނުއެއް ނިމެ އެއްނު
ތިދެން މިރާއްޖޭގަ އާންމުކޮއް ހިންގާކަމެއް. ލާދީނީ ވެގެން
"އޭޭނާ އަށް އިވުނީ ހުވަފެނުގައި އިވުންފަދަ ހެއުމުގެ އަޑެކެވެ." ހެއުމުގެ އަޑެއް ނުއިވޭނެ... އިވޭނީ ހުނުމުގެ އަޑު ނުވަތަ ހޭ އަޑު
ޢަބަދު ތިވާހަކަ
އަހަންނަކީ ދެކުނުގެ ރަށެއްގެ އަހުމަދު ތިޔަފަދަ ކަމެއްނުކުރަން.
އަންޖޫ ތިކަހަލަ ކަމެއް ނުކުރާނެ ތިގޯސްވީއޭ
ތީ ހުސް ދޮގު.
ތީ ހަމަ ފޭކު ހެއުންގަނޑެއް
ކޮއްކޮ ދެކެ ލޯބިވާނަމަ ކޮބާ މައްސަލައަކީ. މައިންބަފައިންވެސް ދަރިންގައިގައިވެސް އޮލުލާ. އެއީ ދަރިންދެކެ ވާ ލޯބިން. އޭނަކާރީ އެހިމނަމަ ދޯ އެގޭނީ ވީގޮތެއް. އޭނަގެ ބަހެއް ނައަަހާ ތިކަހަލަ ފިޔަވަޅެއް އެޅުމަކީ ތާކުން ތާކު ނުޖެހެ ކަމެއް . އިންދސާނެއްގެ ލޮލަށް އެބަފެނޭ ސްޓޭޖްމަތިން މީހުންގެ ބަޑަށް ވަޅިޖަހާތަންވެސް. އިރުކޮލަކުން ހަމަ އެމީހާ އެހެން ދިމާލަކުން އެނިކުންނަނީ ސަލާމަތުން. ފެންނަ މިހަކު ހެކިބަސްވެސް ދޭނެ ހަމަ ފެނުނުކަމަށް ވަޅިޖެހިތަން. އަސްލަކި އެމިހާ ކާރިން އޮލުންފިލުވައިގެން ފިޔަވަޅު އަޅަން ޖެހޭނީ.
ތި ހުންނީ އަސްލު މައްސަލައެއް ނޫން.. އަހަރުން އެބަ ވަންނަށް ކޮއްކޮމެނާ ދައްތަމެނާ އެއްއޮކޮށް ފެންވަރަންވެސް.. މީހާގެ ހިތް ނިޔަތް ހިސާބަށްވުރެ ކިލަނބުވީމަ ވާނެ ތިހެން
އަނެއްކާ ދެ މަސް ފަހުން ހަމަ މި ވާހަކަ ލިޔާތި.