އިންޑިޔާގެ ހައިދުރަބާދުގައި ދުފާ އެއްޗެއްސަށް ޑުރަގް ލުމަށްފަހު މީހަކު ރޭޕް ކޮށްލައިފިއެވެ. އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭޕްކޮށްފައިވަނީ 25 އަހަރުގެ އަންހެނެކެވެ.

ރޭޕް ކުރެވުނު މީހާ ކިޔާދިން ގޮތުގައި އޭނާ ރޭޕްކޮށްފައިވަނީ އުޕެންޑާ ވަރްމާ ކިޔާ އުމުރުން 33 މީހެކެވެ. އަދި މިމީހާއާ ދިމާވީ މަޝްހޫރު މީސްމީޑިޔާއެއް ކަމަށްވާ ފޭސްބުކް އިން ކަމަށްވެސް މިމީހާ ބުންޏެވެ. ރޭޕް ކުރެވުނު މީހާ ކިޔާ ދިން ގޮތުގައި މީނާ ރޭޕް ކޮށްފައިވާ މީހަކީ ދުފާ އެއްޗެހި ވިއްކާތަނެއްގެ ވެރި މީހާއެވެ. އަދި ރޭޕް ކުރެވުނު މީހާ އެތަނަށް ދުފުމަށް ގޮސްފައިވަނީ އުޕެންޑާ ދައުވަތަކަށެވެ.

ހައިދުރަބާދުގައި ފުޅާ ދާއިރާއެއްގައި ދުފާ އެއްޗެހީގެ ވިޔަފާރި ކުރަމުން އަންނަ މިމީހާ މިހާރު ހައްޔަރު ކުރެވިފައިވާއިރު، މިމީހާގެ މައްޗަށް ގަދަ ކަމުން ބަދު އަޚްލާޤީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާވަނީ ކޮށްފައެވެ. އަދި މިމީހާއާއެކު އިތުރު ދެ އަންހެނަކުވެސްވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.