މަޝްހޫރު ބޮލީވުޑްގެ ތަރި އާމިރް ހާން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އާމިރް ހާން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އޭނާ މިހާރު ހުރީ ކަރަންޓީންގައެވެ. އޭނާ ކަރަންޓީންގައި ހުރީ މުމްބާއީގައި ހުންނަ އަމިއްލަ ގޭގައެވެ.

އާމިރް ހާން އަކީ ކުޅަދާނަ ފިލްމީ ތަރިއެކެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ އާމިރް ހާން މިހާރު ކުރަމުންދަނީ "ލާލް ސިންގް ޗައްދާރް" ފިލްމުގެ މަސައްކަތެވެ. އާމިރް ހާން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ހާލު ރަނގަޅު ކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ މި ފަހުން އާމިރް ހާން އާއި ކޮންޓެކްޓްވި ފަރާތް ތަކުން ކޮވިޑް-19އަށް ޓެސްޓު ކުރަންޖެހޭނެ ކަމަށެވެ.

މި މަހުގެ ފުރަތަމަ ދުވަސްތަކުގައި އެކްޓަރު ރަންބީރް ކަޕޫރާއި ކާތިކް އާރްޔާން ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ. އޭގެ އިތުރުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވަނީ ކޮވިޑް-19އަށް ފައްސިވިއެވެ.

މިދިޔަ ހަފްތާގައި އާމިރް ހާން އަށް 56 އަހަރު ފުރުން ފާހަގަކޮށް މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އުފަން ދުވަހުގެ ތަހުނިޔާ ތަކުން އުފާވި ކަމަށެވެ.

އެންމެ ފަހުން އާމިރް ހާން ފެނިފައިވަނީ ހާ ފަން މައުލާ ލަވައިންނެވެ. ދެން އެންމެ އަވަހަށް އާމިރް ހާން ފެނިގެން ދާނީ ލާލް ސިންގް ޗައްދާރް ފިލްމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުން ސަލްމާން ހާން އާއި ޝާހް ރުކްހާން ފެނިގެން ދާނެއެވެ.