ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ހާން ހިންދޫ އަޅުކަމެއް ކުރާ ފޮޓޯތަކެއް އާންމުވެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.

އާމިރް ހާން ވަނީ އޭނާގެ އާ އޮފީސް ހުޅުވުމަށް ކުރީގެ އަނބިމީހާ ކިރަން އަދި ފިރިހެން ދަރިފުޅު ޖުނޭދާއި އާއިލާގެ އެހެން މީހުންނާއި އެކުގައި ހިންދޫ އަޅުކަމެއް ކަމަށް ޕޫޖާ ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އާމިރަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ބުނަމުން ދަނީ އޭނާއަކީ ފޭކް މުސްލިމެއް ކަމަށެވެ.

އާމިރް މުސްލިމަކަށް ވެ ހުރެ ހިންދޫ އަޅުކަމެއް ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

އެންމެ ފަހުން އާމިރް ހައްޖަށް ދިޔަ ފޮޓޯތައް ހިއްސާ ކުރަމުން މީހުން ބުނެފައި ވަނީ އާމިރް މާތް ﷲ އަށް ޝަރީކު ކުރަނީ ކަމަށެވެ. އަދި ހިންދޫ އަޅުކަންތައް ކުރަންޏާއި އޭނާ ކުރި ހައްޖުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

ބޮވީލުޑްގައި މުސްލިމުންކަމަށް ދައުވާ ކުރާ ގިނަ ތަރިންތައް ހިންދޫ އަޅުކަމުގެ ތެރޭގައި އުޅޭ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ.

އެގޮތުން ވަރަށް ފަހުން މީހުންގެ ނުރުހުން ވަނީ ޝާހްރުކް ހާން އަށް ވެސް އަމާޒު ވެފަ އެވެ. އޭނާ އުމުރާއަށް ގޮސް އަނބުރާ އިންޑިއާއަށް އައިސް މާގިނަ ދުވަހެއް ނުވެ ފެނިގެން ދިޔައީ ހިންދޫ އަޅުކަމެއްގެ ތެރޭގައި އުޅުނު މަންޒެވެ.

މި ކަމުގެ ސަބަބުން އޭނާއަށް ވެސް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގިނި

    ހުރިހާ އެނެމްނެގެ ރުހުން ހޯދަން އުޅޭ މީހުން، ގިނަބަޔަކު ބަލާ ވަރަކަށްތާ ލާރި ލިބޭނީ.
    ނަމުގަ މުސްލިމުން ތިއީ ހައތާވެސ

    30
    1
  2. ޚާލިދު

    ހުރިހާ އެނެމްނެގެ ރުހުން ހޯދަން އުޅޭ މީހުން، ގިނަބަޔަކު ބަލާ ވަރަކަށްތާ ލާރި ލިބޭނީ.
    ނަމުގަ މުސްލިމުން ތިއީ ހައތާވެސ....

    17
    1
  3. ޢަލީ

    ބޮލީވުޑު އެހެން ޚާނެއް ރޯދަމަހު ދުވާލު އޭނާގެ ދަރީންނާއި އެކު ރެސްޓޯރަންޓަކުން ކާން ދިޔަ ޚަބަރުވެސް އަޑުއެހީން.

    29
  4. ހުސޭނުބޭ

    މިވެސް ކޮވިޑްގެ ކުރިން ހައްޖަށް ދިޔަ މީހެކޯ. މިހާރު ބުދުފައްޅީގައި އަޅުކަމުގައި. ކީކޭ ބުނާނީ

    14
  5. ޒާ

    މުނާފިގު ފުރޭތައެއް.

    15
    1
  6. Anonymous

    މިއީ މުރުތައްދު ކާފަރުން. ކާކު ބުނީ މިބައިގަނޑަކީ މުސްލުމްނޭ

    16
    1
  7. އުއްމީދު

    އެމީހުން ހިތުން އެ ހޯދަނީ ދެދުނިޔެ! އެފަދަ މީހުންނަށް ދެދުނިޔޭގައިވެސް ގެއްލުމާ ހަލާކުނޫން އެހެހެންކަމެއް އިތުރު ނުކުރަށްވާށި! އެކަމަކު ތައުބާވެއްޖެނަމަ ﷲ ގެ ރަޙްމަތް ތަނަވަސް ވެގެން ވެއެވެ.

    17
    1
  8. ސައ

    ޝައިތާނާ އައްވެސް އޮޅިފަމިހާރު ހުންނާނީ 😂