އިންޑިއާގެ ލިޔުންތެެރިޔާ ޓްވިންކަން ޚަންނާ ވަނީ، ފިލްމް މެލާގެ ސެޓްގައި، ބޮލީވުޑްގެ ތަރި އާމިރް ޚާން އޭނަގެ މޫނު މަތީގައި ޖަހަން އުޅުނުކަން ހާމަކޮށްފައެވެ.

2015 ވަނަ އަހަރު ފޮތް ނެރުމަށް ބޭއްވި ހަފުލާގައި ޓްވިންކަލް ބުނީ އާމިރު އެއް ފަހަރަކު ސެޓުގައި އޭނާ އަށް މަލާމާތް ކުރީ ސަމާލުކަން ނުދޭތީ ކަމަށެވެ. އެގޮތުން އާމިރް އޭނާ ކައިރީގައި މަސައްކަތަށް ސަމާލުކަން ނުދެވެނީ ކީއްވެތޯ އަހާލި ކަމަށް ޓްވިންކަލް ބުނެފައި ވެއެވެ.

އެއަށް ޖަވާބު ދެމުން ޓްވިންކަލް ބުނެފައި ވަނީ، އެއީ އަކްޝޭ އާ މެދު ވިސްނަމުން އަންނަތީ ކަމަށެވެ. އެ އަޑު އިވުމުން އާމިރު ގާތްގަނޑަކަށް އޭނާގެ ގައިގައި ޖަހަން އުޅުނު ކަމަށް ޓްވިންކަލް ބުނެފައި ވެއެވެ.

މި ހަފްލާގައި ބައިވެރިވި ކަރަން ޖޯހަރު ވަނީ އެކްޓަރެއްގެ ހައިސިއްޔަތުން ޓްވިންކަލްއާ މެދު އޭނާ ދެކޭ ގޮތް ހިއްސާ ކޮށްފައެވެ

"އަހަރެން ހީކުރީ އޭނާ އަކީ ވަރަށް މޮޅު މީހެއް ކަމަށް. އަހަރެމެން އެންމެންގެ ކިބައިގައި ވެސް ތަފާތު ގާބިލުކަން އެބަހުރި. ޓްވިންކަލް އަކީ ހަގީގަތުގައި ވެސް މީހުންނަށް ފުރައްސާރަ ކުރުން ފަދަ ހިތްގައިމު ހަރަކާތްތަކުގައި ހުނަރުވެރި މީހެއް. އޭނާއަކީ މީހުންނަށް ފުރައްސާރަކުރުމުގެ މާހިރެއް. އަހަރެން ނަށް ޓްވިންކަލް އެނގުނު ހިސާބުން ފެށިގެން އަބަދު ވެސް އަހަރެންނަށް ފުރާއްސާރަ ކުރޭ". ކަރަން ބުނެފައި ވެއެވެ.

1995 ވަނަ އަހަރު ނެރުނު "ބަރުސާތު" އިން ފިލްމީ ދާއިރާއަށް ނުކުތް ޓްވިންކަލް ވަނީ "ޖާން"، "ޖަބް ޕިޔާރު ކިސީސޭ ހޯތާ ހޭ"، "އިންޓަނޭޝަނަލް ކިލާޅީ"، "ޒުލްމީ"، "ބާދްޝާހް"، "މޭލާ"، "ޖޯޑީ ނަމްބަރު 1" އަދި "ލަވް ކޭ ލިއޭ ކުޗް ބީ ކަރޭގާ" ފަދަ ފިލްމުތައް ކުޅެފައެވެ.

ޓްވިންކަލް ކައިވެނިކޮށްގެން އުޅުނީ އާމިރް އާއެވެ.