ބޮލީވުޑްގެ ތަރި އަޖޭ ޑޭވްގަންގެ ގައިގައި ގޭންގަކުން ތަޅާގަތް ކަމަށް ބުނާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ދިއްލީގައި ހިނގި މާރާމާރީއެއްގެ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

ވައިރަލް ވަމުންދާ އެ ވީޑިއޯއިން ފެނިގެން ދަނީ ބޮޑު ފިރިހެނުންނާއި އަންހެނުންވެސް ހިމެނޭ ގްރޫޕަކުން ހަޅާލަވޭ އެކަކު އަނެކަކު ގައިގައި ތަޅާ މަންޒަރެވެ. އަދި އެ ވީޑިއޯއިން ފެނިގެންދާ ހުދު ކުލައިގެ ގަމީސް ލައިގެން ހުރި މީހާއަކީ އަޖޭ ޑޭވްގަން ކަމަށް ބުނެފައި ވެއެވެ.

https://www.youtube.com/watch?v=1PwFkHdFHxs

އެ ވީޑީއޯގައި ފެނިގެން ދަނީ އަޖޭ އޭ ކިޔާ މީސް މީޑިއާގައި އެތައް ބަޔަކު އެ ވީޑިއޯ ޝެއާ ކުރަން ފެށުމާއި ގުޅިގެން އެއީ އަޖޭ ނޫންކަން ހާމަކޮށް އޭނާގެ ތަރުޖަމާނު ވަނީ ވާހަކަދައްކާފައެވެ.

އެނަ ބުނީ، އަޖޭ ދިއްލީއަށް ނުދާތާ މިހަރު 14 މަސް ވެދާނެ ކަމަށެވެ.

އަދި މީޑިއާތަކުން އެ ވީޑިއޯއިން ފެނިގެން ދަނީ އަޖޭއާ ބުނެ ދައްކާ ވާހަަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.

އަޖޭގެ ޓީމުން ބުނީ، އޭނާ ހުރީ މުމްބާއީގައި ކަމަށެވެ. އަދި ހުދު ގަމީހެއްގައި ހުންނަ ކޮންމެ މީހަކީ އަޖޭ އަށް ނުވާނެ ކަަމަށް އަޖޭ ބުންޏެވެ.