ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސިންގަމް އަގެއިން" ނެރޭނެ ތާރީހް އިއުލާންކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޑައިރެކްޝަނެއް ކަމަށްވާ "ސިންގަމް" ގެ ތިނަވަނަ ބައި ނެރޭނެ ތާރީހު މިވަނީ ހާމަކޮށްފައެވެ. ސިންގަމް އަގެއިންގެ ޝޫޓިން އަދި ފެށިފައިނުވާއިރު ފިލްމު ނެރޭނެ ތާރީހަކަށް ބުނެފައިވަނީ 15 އޮގަސްޓު 2024 އެވެ. މި ފިލްމުގެ ޝޫޓިން މަސައްކަތް އަންނަ އޮގަސްޓް މަހު ފަށާނެއެވެ.

ސިންގަމް އަގެއިންގައި އަޖޭ އާ އެކު ފެނިގެންދާނީ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯންއެވެ. މި ފިލްމަކީ އަޖޭ އާއި ދީޕިކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ. ގިނަ ބަޔަކު ދެތަރިންގެ ކެމިސްޓްރީ ބެލުމަށް އިންތިޒާރު ކުރަމުން އަންނައިރު ސިންގަމްގެ ބައިތަކަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.

ސިންގަމްގެ ފުރަތަމަ ބައި ރިލީޒް ކުރެވުނީ 2011 ގައެވެ. "ސިންގަމް" ގައި އަޖޭ ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. އަޖޭއާ އެކު ފެނިގެންދިޔައީ އޭނަގެ އަންހެނުން ކާޖޮލް ދޭވްގަންއެވެ. ސިންގަމްގެ ބޮޑު ކާމިޔާބީއަށްފަހު ދެން ފެނިގެންދިޔައީ އަޖޭ އާއި ކަރީނާގެ ކުޅަދާނަ އެކްޓިން ފެނިގެންދިޔަ "ސިންގަމް ރިޓާން" އެވެ. ސިންގަމްގެ ދެވަނަ ބައި ނެރެފައި ވަނީ 2014 ވަނަ އަހަރުގައެވެ.

ފިލްމުގެ ތިން ވަނަ ބައެއް އާންމުންނާ ހަމައަށް މި އަންނަނީ 10 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ގައެވެ.

އަޖޭ މިހާރު އަންނަނީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" މި މަހުގެ 30 ގައި ނެރުމަށް ތައްޔާރުވަމުންނެވެ.