ވިހަން ބަނޑުގައި ރިއްސަމުން ދިޔަ މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސެއް ފޯރުކޮށް ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ގިނަ އަދަދަކަށް ދިވެހިން ގޮސް އުޅޭ، އިންޑިޔާގެ ދެކުނުގެ ކެރެލާ ސްޓޭޓުންނެވެ.
އިންޑިޔާގެ ނޫސްތަކުން، މިކަމާ ގުޅިގެން ބުނެފައިވަނީ، އެމްބިއުލާންސެއް ފޯރުކޮށް ނުދިނުމުގެ ސަބަބުން، މާބަނޑު މީހާ، ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފައިމަގުގައި، އެތައް ބަޔަކު އުފުއްލާލައިގެން، އަންހެންމީހާ ބެޑުޝީޓު ގަނޑެއްގެ ތެރޭގައި ބާއްވައިގެންނެވެ. އަދި، މި ގޮތަށް ހަ ކިލޯ މީޓަރުގެ ރާސްތާއެއްގައި ހިނގަން ޖެހުނުކަމަށްވެސް ބުނެފައިވެއެވެ.
މާބަނޑު މީހާގެ އާއިލާގެ ބައެއް މެންބަރުން، ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމްބިއުލާންސެއް ހޯދަން ގުޅަން ޖެހޭ ނަމްބަރަށް ނުގުޅުނުކަމަށާއި އެކަމުގެ ސަބަބުން އެމްބިއުލާންސެއް ނުލިބުނުކަމަށެވެ.
މި ޙާދިސާއާ ގުޅިގެން، އަންހެން މީހާ ނިސްބަތްވާ ސަރަޙައްދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު، މީޑިޔާތަކަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އެހެންނަމަވެސް، މިކަމާ ގުޅިގެން ވާހަކަ ދެއްކި ގައިނަކޮލޮޖިސްޓް އެއް (އަންހެނުންގެ ޚާއްޞަ ޑޮކްޓަރު) ބުނެފައިވަނީ، މި ކަހަލަ ކަންކަން ދިމާވަނީ އެސްޓޭޓުގައި ހެލްތު މިނިސްޓަރެއް ނެތުމުންކަމަށެވެ.
އިންޑިޔާގެ ކެރެލާގައިވެސް މިފަދަ ކަމެއް ކުރިމަތިވިއިރު، އެޤައުމުގެ އަނދްރަ ޕްރަދޭޝްގައިވެސް މާބަނޑު އަންހެނު އުފުލުމަށް އެމްބިއުލާންސެއް ނުދިން މައްސަލަ ފެންމަތިވެފައެވެ. ހަމައެހެންމެ، ފަޤީރުން މަރުވުމުން، މަރުވެފައިވާ މަސްގަނޑު އުފުލުމަށްވެސް ބައެއް ހޮސްޕިޓަލުތަކުން އެމްބިއުލާންސް ނުދޭ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ.
އިންޑިޔާ ????????
މާމިގިލީ ސިއްހީމަރުކަޒު ގައި ކީކުރަން ތޯ ބާއްވާ އެމްބިއުލަންސް އެއް. ދަތުރެއް ކުރާ އެއްޗެއް ނޫން އެއީއެއް.. 2މުއައްޒިފު އެދުއްވާން ތިބޭ. އެމީހުން ތިބެނީ ގޭގައި.. ގޭގައި ބައިތިއްބާގެން ބައެކަށް މުސާރަ ދިނުން މީ ސަރުކާރުން ކުރާ ބޭކާރު ހަރަދެއް ނޫ ތޯ..
ލ. މާމެންދޫ ގެ ހާލު ތީހަމަ އެމީހުން ފިނިބުރު ޖަހާ ޝޮޕިންގ ކުރަނީ އެމްބިާއޫލޭންސް އިން